ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން.

    ފުވައްމުލަކު ފުނާޑު ސަފާގޯޅީގައި ބަހައްޓާފައި ހުރި ތިރީގައި މިދަންނަވާ ތަކެތީގެ  ވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  •  ނަންބަރު 1 ޖަހާފައިވާ އަނބުގަސް
  • ނަންބަރު  2 ޖަހާފައިވާ ނުފޯދޭ ކުޑަ ރުއް (ޖާފާނު)
  • ނަންބަރު 3 ޖަހާފައިވާ ނުފޯދޭ ކުޑަ ރުއް (އާދައިގެ)
  • ނަންބަރު 4 ޖަހާފައިވާ ނުފޯދޭ ކުޑަ ރުއް ( ޖާފާނު)
  • ނުފޯދޭ 09 ފަތްކެޔޮ ގަސް
  • ފޯދުނު 02 ފަތްކެޔޮ ގަސް
  • 02 އަތް ގާޑިޔާ
  • 02 ޓްރަސް
  • 1 ކަޅު ހަން
  • 1 ދޮންނަމެޝިން ( ހަލާކުވެ ބާވެފައިވާ)
  •  މަގުގައި ބަހައްޓާފައި ހުރި މާގަސްތަކާއި އެހެނިހެން ތަކެތި

      ވީމާ، މިތަކެތީގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އެތަކި ނަގައި ތަން ސާފުކުރުމަށް އަންގަމެވެ. އަދި މިމުއްދަތު ތެރޭގައި މިތަކެތި ނުނަގައިފިނަމަ ކައުންސިލްގެ ފަރާތުން އެތަކެތި ނައްތާލެވޭނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

04 އޮކްޓޫބަރު 2021
ހޯދާ