ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުން

   ފުވައްމުލަކު ފުނާޑު ނަލަހިޔާގޯޅީގެ ގަދަގެ އާއި ނަލަހިޔާގެ ގޯތީގެ ކުރިމަތިން ވާގޮތަށް ހުސްނުހީނާގެ ގޯތީގެ އުތުރުން އިންވެގެން އޮތް ހުސްބިމުގައި ނަންބަރު 01،02 އަދި 03 ޖަހާފައިވާ ރުއްތަކާއި އަދި ނަލަހިޔާގެ އާއި ގަދަގެ ގޯތީގެ ކުރިމަތިން ވާގޮތަށް އޮތް އަލަ އޮޅުން ބައެއްގައި ހުރި އަލަގަސްތަކުގެ ނީލަންކިޔުން 2021 އޮކްޓޫބަރު 10 (އާދީއްތަ) ވަނަ ދުވަހު 09:00 ގައި އެބިމުގައި އޮންނާނެއެވެ.

 

   ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 އޮކްޓޫބަރު 10  ވަނަ ދުވަހު 09:00 އަށް  އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 2021 އޮކްޓޫބަރު 11  ވަނަ ދުވަހު 12:00 ގެކުރިން ސިޓީ ކައުންސިލް އިދާރާއަށް ފައިސާ ދައްކަވައި 2021 އޮކްޓޫބަރު 12   ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްތައް ކަނޑައި  އެރުއްތަކުގެ ހުރިހާ ބައިތަކާއި އަލަގަސްތައް އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލައި އުކާލެވޭނެއެވެ.

       މިހެންވެމިކަން އަންގައި އިޢުލާން ކުރަމެވެ.    

04 އޮކްޓޫބަރު 2021
ހޯދާ