ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓްގެ ނަން: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

މި ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ މެޑިކަލް މެޝިނަރީޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  • ULTRASOUND MACHINE WITH SHEAR WAVE ELASTOGRAPHY (ސްކޭން މެޝިން)
  • ELECTRO SURGICAL DEVICES 400W (ކްއަޓްރީ މެޝިން)
  • ARTHROSCOPY SYSTEM WITH 4K VIEDIO SYSTMEM, WITH FLUID MANAGEMENT SYSTEM AND HIGH FREQUENCY ABLATION SYSTEM (އާރތްރޮސްކޮޕީ ފުލް ސިސްޓަމް)
  • ORTHOPADIC DRILL SYSTEM (ކަށީގެ އޮޕަރޭޝަން ތަކަށް ބޭނުންވާ ޑްރިލް ސިސްޓަމް)

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ތަކެތި/ޚިދުމަތް ދޭ ފަރާތަކީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ހުއްދަ ލިބިފައިވާ، ދާއިމީ ގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައި ވުމާއި، ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 03 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 12 އޮކްޓޫބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ނިޔަލަށް [email protected]  އަށް އީމެއިލް ކުރަން ވާނެއެވެ.  
  3. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 13 އޮކްޓޫބަރ 2021 ބުދަ ދުވަހުގެ 10:30 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  4. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
  5. ބީލަމާ ގުޅޭ އެންމެހާ ލިޔެކިޔުން ތައް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލްގެ ޒަރީއާއިން ފޯރުކޮށް ދެވޭނެވެ.

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 17 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހުގެ 10:30
03 އޮކްޓޫބަރު 2021
ހޯދާ