މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

 

ކައުންސިލް އެސިސްޓެންޓް (ވޭޖް) މ. މުލީ މިސްކިތްތަކުގައި

 

މި އިދާރާއިން ބަލަހައްޓަމުން ގެންދާ މިރަށުގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ވޭޖު އެމްޕްލޯއިމަންޓްގެ ދަށުން 01 އަހަރު ދުވަހުގެ މުއްދަތަށް މުވައްޒަފުން ނެގުމަށް ބޭނުންވެއްޖެ އެވެ.

 

މަޤާމް:

ކައުންސިލް އެސިސްޓެންޓް (ވޭޖު) މިސްކިތްތަކަށް

މަޤާމް ނަމްބަރު:

-

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމްގެ ގިންތި

ވަގުތީ (1 އަހަރު)

މަޤާމް ރޭންކް:

އެސް. އެސް 1

މަޤާމް ކުލެފިކޭޝަން :

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މުލަކަތޮޅު މުލީ މިސްކިތްތައް

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ

ސާރވިސް އެލަވަންސް

--

އެހެނިހެން އެލަވަންސް:

ވޭޖު އެމްޕުލޯއި މެންޓުގެ ދަށުން  ނަންގަވާ މުވައްޒަފުންނަށް މަސައްކަތް ކުރާ ގަޑިއަކަށް ކަނޑަ އެޅިފައިވާ ރޭޓްގެ އިތުރު އެއްވެސް އެލަވަންސް އެއް ނުލިބޭނެ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔާތު ތަކާއި ވާޖިބުތައް:

  1. ކޮންމެ ދުވަހަކު މިސްކިތް ސާފުކުރުމުގައި 5 ގަޑިއިރު ހޭދަކުރުން (ކޮންމެ ނަމާދުވަގުތަކަށް 30 މިނިޓް އަދި މިސްކިތު ގޯތިތެރެ އާއިމިސްކިތް ސާފުކުރުމަށް 2:30 މިނިޓް ހޭދަކުރުން).
  2. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑަ އަޅާ މިސްކިތެއްގައި އިމާމު/ މުދިމު އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
  3. ކައުންސިލް އިދާރާއިން އިންތިޒާމް ކުރާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތު އެތެރެ ސާފުކުރުމާއި ފާޚާނާއާއި އިސްކުރު ބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި ކާޕެޓް އަޅާފައިވާ މިސްކިތެއް ނަމަ ކާޕެޓް ވެކިއުން ކޮށް ސާފުކުރުން.
  4. ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓުތައް ދިއްލުމާއި، ފަންކާތައް ޖެހުން. އޭ ސީ ހަރުކޮށްފައިވާ މިސްކިތެއްނަމަ އޭ ސީ ޖެއްސުން.
  5. ކޮންމެ ނަމާދުގެ ޖަމާޢަތް ނިމި  15 މިނިޓް ފަހުން މީހުން ނެތް ދިމަދިމާލުން ޖަހާފައި ހުންނަ ފަންކާ އާއި ދިއްލާފައި ހުންނަ ލައިޓްތައް ނިންވާލުމާއި ދޮރުތައް ލެއްޕުން. އޭސީ ހަރު ކޮށްފައިވާ މިސްކިތެއް ނަމަ އޭ ސީ ނިއްވާލުން.
  6. މިސްކިތުގެ ގޯތިތެރެ އާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން. 
  7. ކައުންސިލް އިދަރާއިން އިންތިޒާމް ކުރާ ގޮތެއްގެ މަތިން ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުގެ 15 މިނިޓްކުރިން މިސްކިތައް ގޮސް މިސްކިތުގެ ޙާޟިރީގައި ސޮއިކުރުމަށް ފަހު މަސައްކަތް ކުރުން.
  8. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމަށް ޚާއްޞަ ކޮށްފައިވާ ބައިގާ ގަސްއިދާ ފެންދީ ބެލެހެއްޓުމާއި މިސްކިތުގެ ގޯތިގެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ފަޅާ އެކި ބާވަތުގެ ގަސްތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  9. މިސްކިތުގެ ފަންކާތައް ފުހެ ސާފުކުރުމާއި، ކުޑަދޮރުތަކާއި ބޮޑުދޮރުތައް ފުހެ ސާފުކުރުން.
  10. މިސްކިތުގެ ގޯތި ތެރޭގައި ހުރި  ހިނަވާގެއާއި ބޯފެން އެޅުމަށް ބެހެއްޓިފައި ހުރި ކަޅުހަން ދޮވެ ސާފުކުރުމާއި، ފެންއެޅުމަށްޓަކާ ބަހައްޓާފައި ހުރި ކަޅުހަމަށް އެޅޭފެން ރައްކާތެރި ސާފު އަދި މީހުން ބޯން އެކަށީގެންވާ ފެންކަމުގައި ކަށަވަރު ކުރުމާއި، މިސްކިތާއި މިސްކިތުގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށް ބެހެއްޓުން.

 

  1. މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މުދިމު/ އިމާމް އަށާއި ކައުންސިލް އިދާރާ އަށް ދުވަހުން ދުވަހަށް އެންގުން.

 

މަޤާމުގެ ޝަރުތުތައް:

-                      ލިޔަން ކިޔަން ދަތުމާއި އެކު މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަށް ލިބިފައިވުން.

-                   ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ލިބިފައިވުން.

-                   ޢުމުރުން 55 އަހަރުން ދަށުގެ މީހެއް ކަމުގައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސްކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.
  2. ވަޒީފާއަށް  އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް).

03. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާ ކުރަމުންދާ ވަޒީފައިން ވީއްލުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ  އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވަ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންފެންވަރު/ ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގުމަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ސެޓްފިކެޓްނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރުމުގެ ލިޔުމުގެ ކޮޕީއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް. ކިޔޫ. އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެކޮޕީ

1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސަރިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކަރު ހިއްސާވާ ކުންފުއްޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފއިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއިދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔާތުތައް އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގެއި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އެފީހަކުން ދޫކޮށްފައިވާލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ

ތެރެއިން :https:/myacount.csc.mv ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް). ވަޒީފާގެ މަސްޢޫލިއްޔާތު ތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒިފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ފަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔާތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޯގޮތަށް) ވަޒިފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށްއެ ތަނުން ދޫކޮށްފައިވާ ލިޔުން (މިލިޔުމުގައި އަދާކޮށްފައި މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ބ) އުވާލާފައިވާ ދައުލަތެއްގެ އިދާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތު (އަހަރާއި، މަހާއި، ދުވަސް) ވަޒީފާގެ މަސްޢޫލިއްޔާތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ ތަނުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ ރެކްރޫޓްމަންޓް  އުސޫލުގެ ޖަދުވަލު 8ގައިވާ ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަމްބަރުގައި ހިމަނާފައިވަނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤަމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަނީ 2021 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑަ އަޅައިފިނަމަ އެ ކަނޑައެޅި ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެ އެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ  A2ޝީޓް ޢާއްމު ކުރުން:

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭ ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި ޢާއްމު ކުރެވޭނެއެވެ.  ވަޒީފާއަށް ކުރިމަތި ލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ އޮތްތަނަމަ A2 ޝީޓް ޢާއްމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާ އަށް ހުށަހަޅަން ވާނެއެވެ.

އިންޓަވިއު އޮންނަ ތަނާއިމުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 އޮކްޓޯބަރ 17 އާއި 21 އާއި ދެމެދު މ. މުލީ ކައުންސިލް އިދާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒިފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ކައުންސިލް އިދާރާ ހުޅުވާފައި ހުންނަ ރަސްމީ ގަޑިގައި 6720508 އަށެވެ.

27 ސެޕްޓެންބަރު 2021
ހޯދާ