ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ސީ.ސީ.ޓީ.ވީ ކެމެރާ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)266-PR/266/2021/100 އިޢުލާނަށް ޞައްޙަ ބިޑެއް ލިބިފައިނުވާތީ އެއިއުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިއިދާރާއަށް ސީ.ސީ.ޓީ.ވީ ކެމެރާ ސަޕްލައިކޮށް ހަރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 16:30 ން ފެށިގެން 28 ސެޕްޓެމްބަރ 2021 ވާ (އަންގާރަ) ދުވަހުގެ 10:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/9z4WGNu9cN

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ދިނުން

28 ސެޕްޓެމްބަރ 2021 ވާ (އަންގާރަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން (އެލް.ޖީ.އޭ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި)

04 އޮކްޓޯބަރ 2021 ވާ (ހޯމަ)

11:00

 

 

 

މައުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.  ހުރިހާ ބީލަންވެރިންވެސް މިހާރުން ފެށިގެން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް ހޯދުމަށް ސަމާލުކަން ދިނުން އެދެމެވެ.

ނޯޓް: މައުލޫމާތު ޝީޓް އެޓޭޗު ކުރެވިފައި

23 ސެޕްޓެންބަރު 2021
ހޯދާ