މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލީގައި ގާއިމްވެފައިވާ އޮފީސްތަކާއި ކުންފުނިތަކުގެ ފުޓްސަލް އަދި ވޮލީ މުބާރާތް 2021 ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މ. މުލީގައި ގާއިމްވެފައިވާ އޮފީސްތަކާއި ކުންފުނިތަކުގެ ފުޓްސަލް އަދި ވޮލީ މުބާރާތް 2021 ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުން

 

            އިޖުތިމާއީ ރޫޙު އާލާކޮށް ގުޅުންބަދަހިކުރުމުގެ ގޮތުން މ. މުލީގައި ގާއިމްވެފައިވާ އޮފީސްތަކާއި ކުންފުނިތަކުގެ ފިރިހެން ފުޓްސަލް އަދި އަންހެން ވޮލީ ބޯޅަ މުބާރާތެއް ކޮންމެ އަހަރަކުވެސް ބޭއްވުމަށް މުލީކައުންސިލްގެ އިޖުތިމާއީ ކޮމިޓީއިން ވަނީ ނިންމާފައެވެ. މިއަހަރުގެ މި މުބާރާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ 2021 ނޮވެމްބަރ 03 އިން 13 އަށެވެ.

            މި މުބާރާތް ރާވާ ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ފުރުސަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމްއިއްޔާތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ވިޔަފާރި ރަޖިސްޓްރީ އޮންނަ ފަރާތްތަކަށެވެ.

      މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ: 6720508

      ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚް: 2021 އޮކްޓޯބަރ 03 އާދީއްތަ، 14:00

      މުބާރާތް ހޯސްޓްކުރުމަށް ދޫކުރާއިރު އިސްކަންދޭނީ އެންމެ ޚަރަދުކުޑަކޮށް މުބާރާތުގެ ފެންވަރު ރަނގަޅު އިންތިޒާމެއްގެ މަތީން ބޭއްވުމަށް ހުށަހަޅާ ފަރާތަކަށެވެ.

23 ސެޕްޓެންބަރު 2021
ހޯދާ