ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި ވަގުތީގޮތުން މަސައްކަތް ކުރުމަށްޓަކައި ވަގުތީ މަސައްކަތު މީހުން ވޭޖްގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރުމާބެހޭ

މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީ ނެންގެވުމުން ނުވަތަ ސަލާމްބުނުމުން އެމުވައްޒަފަކު ޗުއްޓީ ނިންމަވާ މަސައްކަތާއި ޙަވާލުވަންދެން އެ މުވައްޒަފުންގެ މަސައްކަތާއި ވަގުތީގޮތުން ޙަވާލުވާނެ ފަރާތްތަކެއް ހޯދާ އެފަދަ ފަރާތްތައް ޕޫލްގައި ރަޖިސްޓްރީ ކުރަން ބޭނުންވެއެވެ. އެގޮތުން ޙަވާލުކުރެވޭ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުޖޫރަ ލިބޭނީ ތިރީގައި މިވާގޮތުގެ މަތީންނެވެ.

ވަގުތީ މަސައްކަތު މީހަކަށް ކޮންމެ ދުވަހެއްގެ 5 ގަޑި ކޮންމެ ގަޑިއަކަށް 45.00 ރުފިޔާ

މި އިޢުލާނުގެ ދަށުން ޕޫލްގައި ރޖިސްޓްރީ ކުރެވޭނީ 01 އޮކްޓޫބަރ 2021 ން ފެށިގެން 01 އޮކްޓޫބަރ 2022 ގެ ނިޔަލަށެވެ.

ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އައި.ޑީ.ކާޑު ކޮޕީއާއި، ތަޢުލީމީ ސެޓްފިކެޓްތަކާއިއެކު މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރ: 6800766 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.

12   ޞަފަރު  1443

19 ސެޕްޓެމްބަރ 2021

19 ސެޕްޓެންބަރު 2021
ހޯދާ