މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލީ އިޖުތިމާއީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

            މ. މުލީ އިޖުތިމާއީ މަރުކަޒު (ސުނާމީ ބިނާ) ގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށްވަނީ ބޭނުންވެފައެވެ.

            މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 21 ވާ އަންގާރަ ދުވަހުންފެށިގެން 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަންސީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

            މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2021 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޯބަރ 13 ވަނަ ދުވަހުގެ 13:00  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިވެލުލުވޭޝަން ކްރައިޓީރިއާ

މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %90 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މުއްދަތަށް: %5 ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މަސައްކަތުގެ ތަޖުރިބާ: %5 ޕޮއިންޓް (ތަޖުރިބާ ލިޔުމުގެ ގޮތުގައި ބަލާނީ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ މިބާވަތުގެ މަސައްކަތްކުރިކަމަށް އެފަރާތުން ދޫކޮށްފައިވާ 20000.00 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތެވެ. އަދި ކޮންމެ ލިޔުމަކަށް 2 މާކްސްއެވެ. އެންމެ ގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

            މިހެންވެ މިކަންއެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

                       

21 ސެޕްޓެންބަރު 2021
ހޯދާ