މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއްހޯދުން

 

            މިރަށު އިޖުތިމާޢީ ސަރަހައްދާއި، ކައުންސިލުން ދައްކާ ބައެއްސަރަހައްދުތައް 01 އަހަރުދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބަލަހައްޓަދޭނެ ފަރާތެއްހޯދުމަށްވަނީ ބޭނުންވެފައެވެ.

            މި މަސައްކަތް ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާ އަދި ރަޖިސްޓްރީ ވެފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ.

            އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 21 ވާ އަންގާރަ ދުވަހުންފެށިގެން 2021 ސެޕްޓެމްބަރ 28 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަންސީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

            މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2021 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 އޮކްޓޯބަރ 10 ވަނަ ދުވަހުގެ 11:00  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިވެލުލުއޭޝަން ކްރައިޓީރިއާ

މަސައްކަތްކުރުމަށް ހުށަހަޅާ އަގު: 0 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

21 ސެޕްޓެންބަރު 2021
ހޯދާ