ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ހުއްދަނެތި ރުއްގަސް އިންދުމާއި ގުޅޭ

ކައުންސިލުގެ ހުއްދަ ހޯދުމަކާއިނުލައި  ރަށުގެ އެތަންމިތާންގައި ރުއް،ގަސްއިންދުމަކީ މަނާކަމެއްކަމުގައި ވީނަމަވެސް ބައެއްފަރާތްތަކުން މިގޮތަށް ރުއްގަސް އިންދަމުން ދާދިއުން ހުއްޓުވުމަށް 15 ސެޕްޓެމްބަރ 2021ވަނަ ދުވަހު ބޭއްވުނު މިކައުންސިލްގެ 04 ވަނަ ދައުރުގެ 12ވަނަ ޖަލްސާއިން ނިންމަވާފައިވާތީވެ، އަމިއްލަ ގޯތިން ބޭރުގައި އެއްވެސް ފަރާތަކުން ރުއްގަސް އިންދުމަކީ މަނާކަމެއްކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މީގެ ކުރިން މިގޮތަށް އިންދާފައިވާ ރުއްގަހާއި މެދު ގޮތެއްނިންމުމަށްޓަކައި ދަޢުލަތުގެ ކަމާއިބެހޭ އިދާރާތަކާއި އެކު މަޝަވަރާކުރަމުންގެންދާ ވާހަކަވެސް ދަންނަވަމެވެ.

ކައުންސިލްގެ ހުއްދަނެތި މިގޮތައްއިންދޭ ރުއްގަސް އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށް އޭގެބޭނުން ހިފޭނެ އެއްވެސް ހަމައެއް އަދި އުޞޫލެއް ޤާނޫނެއް ނެތްހިނދު މިކަން މިގޮތަށް ކުރުމަކީ އެއްވެސް ނަތީޖާއެއް ނިކުންނާނޭ ކަމެއް ނޫންކަމުގައި ދަންނަވަމެވެ.

އަދި މިއިދާރާއިން ހުއްދަ ލިބިގެން އިންދާފައިވާ ރުއްގަސްވެސް ފޯދުމުން ނަންބަރު ޖެހޭނީ މިއިދާރާގައި ރަޖިސްޓްރީކުރުމަށްފަހު މިއިދާރާގެ މުވައްޒަފެއްގެ ހާޟިރުގައެވެ.

ވީމާ، ދެންނެވިފައިވާ ގޮތަށް ޢަމަލުކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

    

16 ސެޕްޓެންބަރު 2021
ހޯދާ