މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް

މަޤާމް :ކައުންސިލް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

                                                       ނަންބަރު:     (IUL)362/362/2021/28

 

 

 

 

އިޢުލާނު

ވަޒީފާގެ ފުރުޞަތު

          ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

 

ކައުންސިލް އެސިސްޓެންޓް

މަޤާމް:

J-336002

މަޤާމުގެ ނަންބަރު:

1 ( އެކެއް )

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް.އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާރފް، ގްރޭޑް1

މަޤާމުގެ ކްލެސިފިކޭޝަން:

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ / މ. ރަތްމަންދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

3100.00  ( ތިންހާސް އެއްސަތޭކަ ރުފިޔާ )

މުސާރަ:

1،000.00 ( އެއްހާސް ރުފިޔާ )

1200.00 ( ބާރަ ސަތޭކަ ރުފިޔާ ) (ސަޕޯޓިންގ ކޯ އެލަވަންސް )

1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ އިތުރުގަޑީގެ ފައިސާ

 

 

ސަރވިސް އެލެވަންސް:

ސަޕޯޓިން ކޯ އެލަވަންސް:

އެހެނިހެން އެލަވަންސް:

1-      ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.   

2-     ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3-     ކައުންސިލްގެ އިދާރާ ހުޅުވާ ގަޑިތަކުގައި ފަރުވާތެރިކަމާއެކު ކައުންސިލްގެ އިދާރާއަށް ޙާޟިރުވުން.

4-     ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ކައުންސިލް އިދާރާގެ ދިދަ ނެގުމާއި ހަވީރު 6:00 ގައި ދިދަ ތިރިކުރުން

5-        ރައްޔިތުންގެ ރުއްތަކުން ހޮވައިގެން ކައުންސިލް އިދާރާއަށް ގެންނަ ކާށީގެ އެރި ނެގުމާ، ކާށި ގަންނަން ބޭނުންވާ ފަރާތްތަކަށް ކާށި ވިއްކުން

6-        ކައުންސިލް އިދާރާގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން

7-        މާލެ ދަތުރުކުރާ އުޅަނދުފަހަރުން ކައުންސިލް އިދާރާއަށް ގެންނަ މުދާ، ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތީން ގެނެސް ގުދަން ކުރުން

8-        މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތަކަށް ލިބޭ ގެއްލުންތަކާއި ކުރަންޖެހޭ މަރާމާތުތައް ބަލައި ސްޕަވައިޒަރަށް އެންގުން

9-        މަދިރިއަށް ފޮގް ކުރުމުގެ މަސައްކަތް ކުރުން

10-    ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުންނަ ރުއްގަސް، ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކޮށައި ބެލެހެއްޓުން

11-    ކައުންސިލް އިދާރާގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން

12-    ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ވާރޭފެން ތާނގީތަކަށް ފެން އެޅުމަށް ގުޅާފައިވާ ފުރާޅުތައް ސާފުވުމުން ތާނގީތަކަށް ފެން އެޅުމާ، ތާނގީތަކަށް ފެން އަޅާ ނިމުމުން ވޭލް ބަންދުކޮށް ފެން ނޭޅޭގޮތަށް ހެދުމާ، ތާނގީތައް ސާފުކުރަން ޖެހިއްޖެ ނަމަ ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން ތާނގީތައް ސާފުކޮށް ބެލެހެއްޓުން.

13-    ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކަމާބެހޭ އެކިއެކި ދާއިރާތަކާގުޅިގެންނާއި އަދި މި އިދާރާއިން ކުރަމުންދާ ކަންކަމާގުޅިގެން ޙަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމާއި އިދާރާގެ އަދި ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރޭން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

14-    ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި އަދި އެހެނިހެން އިވެންޓްތަކާއި ގުޅިގެން ކުރުމަށް ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

15-    ކައުންސިލް އިދާރާގެ ދިދަ ދަނޑީގައި ދަވާދުލުމާ ދިދަ ދަނޑިއަށް ލިބޭ ގެއްލުންތައް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތީން މަރާމާތު ކުރުން

16-    އޮފީހުގެ ފަންކާތަކާއި ދިއްލުންތަކަށް ލިބޭ ގެއްލުންތައް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތީން މަރާމާތު ކުރުން

17-    ކައުންސިލް އިދާރާގެ އޭ.ސީ ތައް ސާފުކޮށް ބެލެހެއްޓުން

18-    ކައުންސިލް އިދާރާއާއި ރައްޔިތުންގެ މެޝިނަރީޒްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމާ އެތަކެއްޗަށް ލިބޭ ގެއްލުން ސްޕަވައިޒަރަށް ރިޕޯޓް ކުރުން

19-    ވަޅު ދިޔަ ހިއްކުން

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ލިޔަން ކިޔަން އެނގުން

ނޯޓް:ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން ނުވަތަ ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

 

މަޤާމުގެ މަސައްކަތު ދާއިރާތައް

ފޮޅާ ސާފުކުރުން

ކްލެރިކަލް ސަޕޯޓް

 

 

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިއިދާރާއިން ލިބެން ހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭ ގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި(އަހަރާއި، މަހާއި، ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖްރިބާގެ ތެރެއިން (https://myaccount.csc.gov.mv) އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި، މަހާއި، ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ) އަމިއްލަ ކުންފުންޏެން ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރު، މަސް، ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރު، މަސް، ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އާދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިޢްޔާ/ޖަމާއަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. ) 

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރު، މަސް، ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ ރެކްރޫޓްމަންޓްގެ އުޞޫލުގެ ޖަދުވަލް 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރިފަރެންސް ޗެކް ފޯމް" 

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަރވިއު

40

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ސެޕްޓޭމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، މުލަކަތޮޅު ރަތްމަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@raiymandhoo.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 އޮކްޓޯބަރ 2021  އާއި 10 އޮކްޓޯބަރ 2021   އާ ދެމެދު، މުލަކަތޮޅު ރަތްމަންދޫ ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2ފޯމް ) " ޢާއްމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓޭނެއެވެ. ވަޒީފާއަށް ކުރިމަތީލީ ފާރަތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މޮބައިލް ނަމްބަރ: 7916391 އަށެވެ.  ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތާކައި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " ޢައްޔަން ކުރުމުގެ އުޞުލާ ގުޅޭ " http://www.csc.gov.mv/dv/recruitment-usoolu) ( އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

9 ޞަފަރު 1443

16 ސެޕްޓެންބަރު 2021

16 ސެޕްޓެންބަރު 2021
ހޯދާ