ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިން އެންޑް އެޗްއާރު އޮފިސަރ

ވަޒީފާގެ ފުރުޞަތު

އެޑްމިން އެންޑް އެޗްއާރު އޮފިސަރ 

މަޤާމު:

މުސާރ އަދި އެލަވަންސް: 9,500 ރުފިޔާ

މީގެ އިތުރުން ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައާއި އެލަވަންސް:

  • ކުންފުނިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ އަދި ލިބޭ ސިޓީ، ނޯޓް އަދި މެމޯފަދަ ލިޔުންތައް ތައްޔާރުކުރުމާއި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އެތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
  • ކުންފުނީގެ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ / ރެކޯޑްސް ތައްޔާރުކުރުން
  • ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސީޖަރއާއި އެއްގޮތަށް ޑިޕާރޓްމެންޓްގެ އެންމެހާ މަސައްކަތެއް ކުރުން
  • މުވައްޒަފުންގެ މުސާރަ އާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ދުވަހުން ދުވަހަށް ހާޟިރީ އަޕްޑޭޓްކުރުމާއި، ޗުއްޓީއާއި ސަލާމުގެ ރިކޯޑު ބެލެހެއްޓުން
  • ކުންފުންޏަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، އިންޓަރވިއުގެ އިންތިޒާމުތައް ހަމަޖެއްސުން
  • މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލްގެ އެންމެހާ މަސައްކަތްތަކެއް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  • ކުންފުނީގެ ހިޔުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކެއް ކުރުން
  • ޕެޓީ ކޭޝް މެނޭޖްކުރުމާއި ކުންފުނީގެ ފައިސާގެ ހިސާބުތަކާއި ގުޅޭ ޑާޓާ އެންޓްރީކުރުން

މަޤާމުގެ މަސްއޫލިއްޔަތުތައް:

 

ތަޢުލީމު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ކަމާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  • އެސްއެސްސީ ދިވެހި ހިމެނޭ ގޮތުން އޭލެވެލްގެ ދެ މާއްދާއާއި އޯލެވެލްގެ 4 މާއްދާއިން ފާސްވެފައިވުން

މަސައްކަތު ތަޖުރިބާ:

  • މަސައްކަތާއި ގުޅޭ ދާއިރާގައި މަސައްކަތްކުރުމުގެ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ޝަރުތުތައް:

 

  • ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ސިޓީ އަދި ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

23 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން  [email protected] އަށް އީމެއިލް މެދުވެރިކޮށް

 ނޯޓު :

  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
16 ސެޕްޓެންބަރު 2021
ހޯދާ