އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ލޯ ފާމެއް ހޯދުމާ ބެހޭ

ކުރިޔަށް އޮތް 3 މަސްދުވަހުގެ މުއްދަތަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅިގެން، ހަދަން ޖެހޭ އެސްއޯޕީތަކާއި، ގަވާއިދުތަކާއި އެގްރީމެންޓްތައް ހެދުމާއި، އަދި އޮފީހުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، އޮފީހުގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ގޮސް އޮފީހުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އަދި މިނޫން ވެސް، ޤާނޫނީ ގޮތުން އޮފީހުން ކުރަން ޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ލޯ ފާމެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ލޯ ފާމުތަކުން، 2021 ސެޕްޓެންބަރު 15 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ސެޕްޓެންބަރު 19 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބުތައް ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3010990

12 ސެޕްޓެންބަރު 2021
ހޯދާ