މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އޮފީސް އެސިސްޓެންޓް)

ވަޒީފާގެ ފުރުޞަތު

ނަންބަރު: E7C-A/2021/7

ތާރީހް: 08 ސެޕްޓެމްބަރ 2021

މަޤާމު

އޮފީސް އެސިސްޓެންޓް

ރޭންކް: އެސް.އެސް 2

އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް 2

މަސައްކަތް ކުރަންޖެހޭ ތަން

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/3,470 ރުފިޔާ  (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް: -/1,000 ރުފިޔާ (އެއްހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް: -/2,550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުތު

1-      މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ޙާޞިލްކޮށްފައިވުން ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު SS1 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު

1-      ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-      ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު

1-      ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިއުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެ މަތިން އެ ފަރާތްތަކަށް ރައްދުކުރުން.

2-      ކަމާއި ބެހޭ އިދާރީ މުވައްޒަފުން އަންގަވާ ގޮތެއްގެ މަތިން ކޯޓަށް ޙާޟިރުވުމަށް އަންގަންޖެހޭ މީހުންނަށް އެންގުމާއި، ކޯޓަށް ޙާޟިރުކުރުމުގެ އަމުރު / ޗިޓް، ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން.

3-      އެކިއެކި ބޭނުމުގައި ކޯޓަށް ޙާޟިރުވާ މީހުން އައި ބޭނުމެއް އޮޅުން ފިލުވައި، އެކަމާއި ގުޅޭ މުވައްޒަފަކާއި ގުޅުވައިދިނުން.

4-      ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗެކް/ފައިސާ ހަވާލުކުރުން ނުވަތަ ބޭންކް މެދުވެރިކޮށް ޖަމާކުރުން.

5-      ކޯޓުން އެކި ރަށްރަށަށް ފޮނުވާ ތަކެތި ޕާރުސަލްކޮށް، ބޯޓުތަކަށް ގެންގޮސް، އެ ތަކެތި ފޮނުވުމުގެ މަސައްކަތްކުރުން.

6-      ޑިޕާޓްމަންޓުންނާއި، އެކި ރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބޯޓުން ބާލާ، ކޯޓަށް ގެނެއުން.

7-      ޝަރީޢަތްތަކަށް މީހުން ވެއްދުމުގެ މަސައްކަތްކުރުން.

8-      ކޯޓުގައި ހަރުކޮށްފައިވާ ލައިޓް/ފަންކާފަދަތަކެތީގެ ތެރެއިން ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކޮށް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

9-      އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

10-   ކަމާއި ބެހޭ އިދާރީ މުވައްޒަފުން އަނގަވާ ގޮތެއްގެ މަތިން ކޯޓަށް ގަންނަންޖެހޭ ތަކެތީގެ އަގުބެލުމާއި، އެ ތަކެތި ގަނެ ކޯޓަށް ގެނެއުން.

11-   ކޯޓު ގޯތިތެރޭގައި ގަސް އިންދާ، ފެންދީ ބެލެހެއްޓުން.

12-   ހައުސްކީޕަރ ނެތިއްޖެ ޙާލަތެއްގައި ކޯޓުން އަންގާ ގޮތެއްގެ މަތިން ހައުސްކީޕަރ ކުރަންޖެހޭ މަސައްކަތްތައްކުރުން.

13-   މިނޫންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުން ވެގެން، ކޯޓުގެ މަސްޢޫލިއްޔަތުތައް ތަންފީޒު ކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1-      ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3-       ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-      ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.

5-      ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6-      ކުރު މުއްދަތުގެ ޓެރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

7-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

8-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

9-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމްތަކުގެ ކޮލިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

 

ސުންގަޑި

16 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] މެއިލްކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ  ގޮތުގައި ޕީ.ޑީއެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6580441
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެނައުމަށް ދެންނެވީމެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެ  ވާހަކަ ދެންނެވީމެވެ. އިންޓަރވިއު އޮންނާނީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ލިބިފައިވާ ތަޢުލީމް

25%

މަސައްކަތު ތަޖުރިބާ

20%

އިންޓަރވިއު

55%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ރަސްމީ ގަޑިއާއި، ނުރަސްމީ ގަޑީގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭ ފަދަ ސިއްޙީ ޙާލަތެއްހުރި، މަސައްކަތަށް ވަގުތު ދެވޭނެ ފަރާތަކަށްވުން.
  • ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭ ފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި، ބެކްގްރައުންޓް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޙްލާޤަށް ބެލެވޭނެއެވެ.
08 ސެޕްޓެންބަރު 2021
ހޯދާ