ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ސަރޖިކަލް ބެޑެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ބޭނުންވާ ސަރޖިކަލް ބެޑެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ހުއްދަ ލިބިފައިވާ، ދާއިމީ ގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައި ވުމާއި، ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 08 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހުން ފެށިގެން 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ނިޔަލަށް [email protected]  އަށް އީމެއިލް ކުރަން ވާނެއެވެ.  
  3. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 16 ސެޕްޓެމްބަރ 2021 ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  4. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
  5. ބީލަމާ ގުޅޭ އެންމެހާ ލިޔެކިޔުން ތައް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލްގެ ޒަރީއާއިން ފޯރުކޮށް ދެވޭނެވެ.

 

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:30
08 ސެޕްޓެންބަރު 2021
ހޯދާ