ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުޝަތު ހުޅުވާލުން

މަސްމާރުކޭޓްގެ 5 ޖާގަ (07 ސެޕްޓެމްބަރ 2021) ގައި ހުސްވާން ކައިރިވެފައިވާތީ ރަޖިސްޓްރީވެގެން އެޖާގަ ތަކުގައި މަސްކެނޑުމުގެ ޚިދުމަތަށް އެދުމުގެ ފުރުޝަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2021ވަނަ ދުވަހުގެ 14:00ގެ ކުރިން " ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދިލައްވާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

މަސްކަނޑާ ޖާގަތައް ދޫކުރުމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ " ކުޅުދުއްފުށި މަސްމާރުކޭޓްގައި މަސް ކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި ޢުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ ޢުޞޫލު" އިން ލިބިލައްވާނެއެވެ.

ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން 02 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 08:00 އިން ފެށިގެން 09 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ  14:00އާއި ހަމައަށް ރަސްމީ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.

02 ސެޕްޓެންބަރު 2021
ހޯދާ