ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ގަން ތުނޑީ ވިޔަފާރި ޒޯންގައިވާ ފީރޯޒު 19، 20، 28، 29، 30، ނަންބަރ ބިންތަށް ކުއްޔަށް ދޫކުރުން.

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުލީ ބިންތަކުގެ ތެރެއިން "ލ.ގަން ތުނޑީ ވިޔަފާރި ޒޯންގައިވާ ފީރޯޒު 19،20،28،29،30، ނަންބަރު" ބިންތަށް 25 އަހަރު ދުވަހަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 1 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ބިޑް ޑޮކިއުމަންޓު ގަތުމަށްފަހު، ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ޑޮކިއުމަންޓު ލިބެން ހުންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ 8:30 އިން 12:00 އަށް މި އިދާރާގެ ބަޖެޓް ސެކްޝަންގެ ކައުންޓަރުންނެވެ. އަދި ބިޑު ޑޮކިއުމަންޓެއްގެ އަގަކީ -/100 (ސަތޭކަ) ރުފިޔާއެވެ.

 

ތަން

ތާރީޚް

ގަޑި

ބިޑު ޑޮކިއުމަންޓު ވިއްކުން

ލ.ގަމު ކައުންސިލް އިދާރާގެ ބަޖެޓް ސެކްޝަން

26 އޮގަސްޓް 2021 އިން  1 ސެޕްޓެމްބަރ 2021 އަށް

12:00-8:30

ޕްރީ ބިޑު މީޓިން

ލ. ގަމު ކައުންސިލްގެ އިދާރާގެ ސެމިނަރ ރޫމް

2 ސެޕްޓެމްބަރ 2021

13:30

ބިޑު ހުށަހެޅުން

ލ. ގަމު ކައުންސިލްގެ އިދާރާގެ ސެމިނަރ ރޫމް

9 ސެޕްޓެމްބަރ 2021

13:30

 

އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ކައުންސިލް އިދާރާއަށް ދުރުވާއިރު މާސްކު އެޅުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

25 އޮގަސްޓް 2021
ހޯދާ