ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުން ދޭ މައުލޫމާތާ އެއްގޮތަށް ކޮމިޝަނަށް ވޯކްސްޓޭޝަންސްތަކެއް،ހަދާދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު:(IUL)462-ADHR/1/2021/16  

އިޢުލާން

 

މިކޮމިޝަނަށް ވޯކްސްޓޭޝަންސްތަކެއް، ކޮމިޝަނުން ދޭ މައުލޫމާތާ އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 ތަފްޞީލު

 ތާރީޚު

 ދުވަސް

ގަޑި

މައުލޫމާތު ސާފުކުރުން.

26 އޯގަސްޓް 2021

ބުރާސްފަތި

10:30

  • މަޢުލޫމާތު ސާފު ކުރުމަށް ވަޑައިގަންނަވާނީ: ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހުރަވީ ބިލްޑިންގ 1 ވަނަ ފަންގިފިލާ އަށެވެ.

އަންދާސީ ހިސާބު ހުށަހަހެޅުމަށް

7 ސެޕްޓެންބަރު 2021

އަންގާރަ

10:30

  • އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހުރަވީ ބިލްޑިންގ 1 ވަނަ ފަންގިފިލާ އަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަނޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
       

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:        

 -  މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 27 އޯގަސްޓް 2021 އިން 6 ސެޕްޓެންބަރު 2021 އަށް، ކޮމިޝަނުގެ އީމެއިލް [email protected] އަށް  ސާފު ކުރެއްވުމަށް ބޭނުންވާ މައުލޫމާތު އެނގޭނޭހެން ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ.  އަދި  މި ސުވާލުތަކަށް ދޭ ޖަވާބު ކޮމިޝަނުގެ ވެބް ސައިޓުގައިވާ، މިއިއުލާނާ ގުޅޭ މަޢުލޫމާތާ އެކު ޝާޢިއު ކުރެވޭނެއެވެ.

-   ފޯން:  3302582

 

14 މުޙައްރަމް 1443

 

22 އޮގަސްޓް 2021
ހޯދާ