ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫގެ ބަނދަރު ސަރަހައްދުގެ މޮނިއުމަންޓް ފަރުމާކުރުން

އިޢުލާން

ހދ މަކުނުދޫގެ ބަނދަރު ސަރަހައްދުގެ މޮނިއުމަންޓް ފަރުމާކުރުން  

 ހދ މަކުނުދޫގެ ބަނދަރު ސަރަހައްދުގައި މޮނިއުމެންޓެއް ބެހެއްޓުމަށްޓަކައި މޮނިއުމަންޓް ފަރުމާކޮށްދޭނެ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށައަޅާ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައެޅޭ ފަރުމާއަކަށް 2000ރ ( ދެހާސް ރުފިޔާ ) ދިނުމަށްވަނީ ކަނޑައެޅިފައެވެ.

ވީމާ، މޮނިއުމަންޓް ފަރުމާކޮށް ހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން  [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކައުންސިލް މެމްބަރ މުޙައްމަދު ޝައްމާޚް ނަމްބަރ  9835643 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ބަނދަރު ސަރަހައްދުގައި މޮނިއުމެންޓް ޑިޒައިންކުރުމުގެ އުޞޫލު 

  1. 1.       މިއުޞޫލުގެ ދަށުން ހަދާ ކޮންމެ އެއްޗެއް ހަދަންވާނީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ނުވާގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވައިދުތަކުގައި އެކަމެއް ކުރުމަށް ހުއްދަ ކުރާ ކަންކަމެވެ.
  2. 2.       އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ހދ.މަކުނުދޫ ގެ ނަން އިންނަންވާނެއެވެ.
  3. 3.       މަކުނުދޫއާއިގުޅޭ ޚާއްޞަ ސިފަތައް ރަމްޒުކޮށްދޭ ފަރުމާތަކަށް އިސްކަންދެވޭނެއެވެ.
  4. 4.       ހުށައަޅާ ފަރުމާގައި އެކުލެވިގެންވާ ރަމްޒީ މާނަ ތަފްސީލުކޮށް ލިޔުމުން ބަޔާންކޮށްދޭންވާނެއެވެ.
22 އޮގަސްޓް 2021
ހޯދާ