ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކުރުމާ ގުޅޭ:

ހދ.މަކުނުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ހުށައެޅޭ ލޯގޯއާއި ދިދައިގެތެރެއިން، މިކައުންސިލުން ހޮވާ އެންމު ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް 4000ރ (ހަތަރުހާސްރުފިޔާ) ދިނުމަށް ވާނީ ހަމަޖެހިފައެވެ.

ވީމާ، މިކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން  [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކައުންސިލް މެމްބަރ މުޙައްމަދު ޝައްމާޚް ނަމްބަރ  9835643 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްއިދާރާގެ

ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކުރުން

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާގެ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކުރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

1.     ލޯގޯއާއި ދިދަ ފަރުމާ ކުރުމާއި ހުށައެޅުމުގައި ބަލަންޖެހޭ ކަންކަން:

1.1-            ހުށައަޅާ ލޯގޯއާއި ދިދައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ވެގެންނުވާނެއެވެ.

1.2-            ހުށައަޅާ ލޯގޯއާއި ދިދައަކީ އުފެއްދުންތެރި އަމިއްލަވަންތަ ލޯގޯއާއި ދިދައަކަށް ވާންވާނެއެވެ.

1.3-            ދިދަ ފަރުމާކުރުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަންވާނީ "ޓީލް ބުލޫ" ( ( Teal Blue, ކުލައެވެ. (ކުލަ ކޯޑ#148fa8 ) މި ކުލައިގެ އިތުރުން "ޓީލް ބުލޫ" އާއި ގުޅޭ އެހެން ކުލައެއް، ޑިޒައިން އާއި ގުޅޭނަމަ ބޭނުން ކުރެވިދާނެއެވެ.ޔުނިފޯރމް ކުލަ (002626# (

1.4-            ލޯގޯގެ ކުލަތައް ކަނޑައަޅާނީ ލޯގޯ ފަރުމާ ކުރާ ފަރާތުން ނެވެ. ލޯގޯ ފަރުމާ ކުރުމުގައި ދިދަ އާއި ގުޅޭ ގޮތަށް ފަރުމާ ކުރުމުގައި ސަމާލުކަން ދޭންވާނެއެވެ.

1.5-            ލޯގޯއިން ހދ.މަކުނުދޫ ރަމްޒުކޮށްދިނުމާއި، މަކުނުދޫ އަކީ އެކުވެރި އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ސާފު ރަށެއްކަން ރަމްޒުކޮށް ދޭންވާނެއެވެ.

1.6-            ލޯގޯއިން ހދ.މަކުނުދޫއަށް ހާއްސަ ސިފައެއް ރަމްޒުކޮށްދޭން ވާނެއެވެ.

1.7-            ލޯގޯއާއި ދިދައަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯއެއް އަދި ދިދައަކަށް ވެގެންނުވާނެއެވެ.

1.8-            ލޯގޯއާއި ދިދަގައި ހިމެނޭ ކޮންމެ ކުލައަކުން ރަމްޒުކޮށްދޭ މާނަ ހުށައަޅަންވާނެއެވެ. އަދި ލޯގޯއާއި ދިދައިން ރަމްޒުކޮށްދޭ އެއްޗެއް ތަފްޞީލްކޮށް ބަޔާންކުރަން ވާނެއެވެ.

1.9-            ލޯގޯ ފަރުމާކޮށްފައި ހުންނަންވާނީ، ލެޓަރހެޑް، ބިޒްނަސް ކާޑް، ޔުނީފޯމް، ޓީޝަރޓް އަދި ދިދަ ފަދަ ތަކެތީގައިވެސް ބޭނުންކުރެވޭނެ ފަދަގޮތަކަށެވެ.  

1.10-        ލޯގޯއަކީ ލަނކުޑި ނުވަތަ ފައިބަރ ފަދަ މަޢުދަނުގައި ފަސޭހައިން ކަނޑާނަގައިގެން ސިފަ ފާޅުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯ އަކަށް ވާންވާނެއެވެ.

1.11-        ހުށައަޅާ ލޯގޯ 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެންނުވާނެއެވެ. ދިދައިގެ މިނަކީ 5x3 ގެ ރޭޝިއޯއެވެ.

1.12-        ލޯގޯގެ ރިޒޮލޫޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.

1.13-        ލޯގޯ ފަރުމާ ކުރާއިރު ބޭނުންކޮށްފައިވާ ފޮންޓް އަދި ސައިޒްގެ ތަފްޞީލްތައް ހިމަނަން ވާނެއެވެ.

1.14-        ކަސްޓަމް ފޮންޓެއް ލޯގޯގެ ޑިޒައިންގައި ބޭނުންކޮށްފައިވާނަމަ، އެ ފޮންޓެއް ލޯގޯގެ ސޮފްޓްކޮޕީތަކާއެކު ހުށަހަޅަންވާނެއެވެ.

1.15-        ލޯގޯގައި ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ ނަން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވަކިވަކިން ލިޔެފައި (އިނގިރޭސި ބަހުން ލިޔެފައިވާ ލޯގޯއަކާއި ދިވެހި ބަހުން ލިޔެފައިވާ ލޯގޯ) އޮންނަން ވާނެއެވެ.

1.16-        ލޯގޯ ފަރުމާކުރަންވާނީ ވެބް ވަރޝަން އަށްވެސް ރަހުމަތްތެރިގޮތަކަށެވެ.

2.     ލޯގޯ ފަރުމާކޮށް ހުށައަޅަންޖެހޭ ފޯމެޓް:

2.1.             SVG(ލޯގޯގެ ވެބް ވަރޝަން)PNG, PDF, EPS,އަދިJPEG ފައިލް ހުށަހަޅަންވާނެއެވެ.

2.2.            ލޯގޯގެ ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލެއް ހުށަހަޅަންވާނެއެވެ.

2.3.            އަދި ލޯގޯގެ PDFފައިލް ފޯމެޓް 10MBއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

3.     ހުށައަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

3.1.            ލޯގޯއާއި ދިދަ ފަރުމާ ކުރެވިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރެވޭނެއެވެ. ލޯގޯއާއި ދިދައިގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.

3.2.            ހުށައަޅާ ލޯގޯއާއި ދިދައަށް މާކްސް ދިނުމުގައި ލޯގޯއާއި ދިދައިގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަންއަދި ޑިޒައިން އެލެމެންޑްސް ބޭނުންކުރެވިފައިވާ ގޮތް)، ހދ.މަކުނުދޫގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.

4.     ލޯގޯ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:

4.1.            ބްރޭންޑް ގައިޑްލައިންގެ ހާޑް އަދި ސޮފްޓްކޮޕީ ހުށަހަޅަންވާނެއެވެ.

4.2.            ލޯގޯއާއި ދިދަ ހުށައަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގުރާރެއް ހުށަހަޅަން ވާނެއެވެ.

4.3.            ލޯގޯއާއި ދިދަ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑުގެ ސްކޭން ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާއެކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

4.4.            މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯއާއި ދިދަ ސޮފްޓް ކޮޕީ، ހާޑްކޮޕީ ،އިގުރާރު އަދި އެހެނިހެން ލިޔެކިޔުންތައް  2021 ސެޕްޓެމަބަރ 10 ވަނަ ދުވަހުގެ 12:00ގެ ކުރިން އަށް މެއިލް ކުރެއްވުން އެދެމެވެ.

5.     އެއްވަނައަށް ހޮވޭ ލޯގޯ، ދިދަ:

5.1.            އެއްވަނައަށް ހޮވޭ ލޯގޯއާއި ދިދަ ހުށައެޅި ފަރާތަށް 4000.00ރ (ހަތަރުހާސްރުފިޔާ) އިނާމެއްގެ ގޮތުގައި ދެވޭނެއެވެ.

5.2.            އެއްވަނައަށް ހޮވޭ ލޯގޯއާއި ދިދައަކީ ކައުންސިލްގެ ރަސްމީ ލޯގޯއާއި ދިދައިގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާތީ ލޯގޯއާއި ދިދައިގެ ފުރިހަމަ ކޮޕީރައިޓް ހދ.މަކުނުދޫ ކައުންސިލާއި ޙަވާލުކުރަން ވާނެއެވެ. މިބައި ބްރޭންޑް ގައިޑްލައިންގެ އެންމެ ފަހި ސަފްހާގައި ލިޔެފައި އޮންނަންވާނެވެ.

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ

  ހދ.މަކުނުދޫ، ދިވެހިރާއްޖެ.

2.1.             SVG(ލޯގޯގެ ވެބް ވަރޝަން)PNG, PDF, EPS, އަދިJPEG ފައިލް ހުށަހަޅަންވާނެއެވެ.

22 އޮގަސްޓް 2021
ހޯދާ