ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ނޭޗަރ ޕާރކުގެ އިމާރާތާއި ވަށައިގެންވާ ސަރަހައްދު އަދި ދެ ބޯޑްވޯކާއި ވަށައިގެންވާ ސަރަހައްދު 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. ފުވައްމުލައް ނޭޗަރ ޕާރކުގެ އިމާރާތާއި ވަށައިގެންވާ ސަރަހައްދު އަދި ދެ ބޯޑްވޯކާއި ވަށައިގެންވާ ސަރަހައްދު 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 އޯގަސްޓް 2021 އިން 29 އޯގަސްޓް 2021 14:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  23 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 29 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ހަމައަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓެއްގައި މެއިލް ކުރެވޭނެއެވެ.
  4. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 29 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 30 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

22 އޮގަސްޓް 2021
ހޯދާ