މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަހުޒާ ޕްރީސްކޫލް - ނާސަރީ އަދި ބޭބީ ނާސަރީއަށް ކިޔަވައިދިނުން ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ނަމްބަރު:297/297/2021/56(IUL)

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ދައުވަތު

މިރަށު ނަހުޒާ ޕްރީސްކޫލް - ނާސަރީ އަދި ބޭބީ ނާސަރީއަށް ކިޔަވައިދިނުން ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް މިކަމަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެގޮތް:

 

#

މާރކްސްދެވޭ ކްރައިޓީރިއާ

މާރކްސް

1

ސްކޫލް ހިންގާނެގޮތުގެ ޕްލޭން:

-       ފީ ނަގާނަމަ ފީގެ ތަފްސީލް

-       ކިޔަވައިދޭނެ ދުވަސްތަކާއި ވަގުތުތައް

-       ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެގޮތް

-       ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމާއި، ތަރައްޤީކުރުން

40

2

މުވައްޒަފުންނާގުޅޭ އެންމެހައި ޕްލޭންތައް:

-       މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް

-       މުވައްޒަފުންނަށް ދެވޭނެ ތަމްރީން

-       މުވައްޒަފުންގެ އަސާސީ ޝަރުތުތައް

15

3

ޚިދުމަތް ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ޕްލޭން:

-       ޚިދުމަތްފެށޭނެ މުއްދަތު

-       ޚިދުމަތް ފުޅާކުރަން ހުށަހަޅާ ޕްލޭން

-       މަރާމާތުކުރުން

20

4

ކައުންސިލަށް ލިބޭނެ މަންފާ/ފައިދާ:

-       ކުއްޔެއް ހުށަހަޅާނަމަ ކުލި

-       އެހެނިހެން އިޖުތިމާާޢީ އެހީތެރިކަން

-       ކައުންސިލަށް ލިބޭނެ އެހެނިހެން ފައިދާ

15

5

މުއްދަތު

10

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

11 މުޙައްރަމް 1443

19 އޮގަސްޓް 2021

19 އޮގަސްޓް 2021
ހޯދާ