މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޯސްޓަރ އަދި ވީޑިއޯ ކްލިޕް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ނަމްބަރ:297/297/2021/50(IUL)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

25 އޮގަސްޓް 2021 ން 31 ޑިސެމްބަރ 2021ގެ ނިޔަލަށް ވެލިދޫ ކައުންސިލުން އެކިއެކި ހާއްސަ ކަންކަމާގުޅިގެން ހެދުމަށް ބޭނުންވާ ޕޯސްޓަރ އަދި ވީޑިއޯކްލިޕް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/19 ) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 24 އޮގަސްޓް 2021ވާ އަންގާރަ ދުވަހުގެ 10:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބުގައި ހިމަނަންވާނެކަންކަން:

  1. ޕޯސްޓަރެއް ތައްޔާރުކޮށްދެވޭނެ އަގު
  2. ވީޑިއޯ ކްލިޕް - މިނެޓަކަށް ނަގާނެއަގު

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، މަސައްކަތުގެ ތަޖުރިބާގެ ލިޔުން.
  2. ވެރިފަރާތުގެ ބަދަލުގައި މީހަކު އަންދާސީ ހިސާބު ހުށަހަޅާނަމަ، އެކަން ބަޔާންކުރާ ސިޓީ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

90%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

9 މުޙައްރަމް 1443

17 އޮގަސްޓް 2021

17 އޮގަސްޓް 2021
ހޯދާ