ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފުރެޝްއެއަރ ސިސްޓަމް އަދި ވީ.އާރު.ވީ އެއަރކޮންޑިޝަން ސިސްޓަމް ސަޕުލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ހޮސްޕިޓަލްގައި ފުރެޝްއެއަރ ސިސްޓަމް އަދި ވީ.އާރު.ވީ އެއަރކޮންޑިޝަން ސިސްޓަމް ސަޕުލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 16 އޮގަސްޓް 2021 ވާ ހޯމަ ދުވަހުން ފެށިގެން 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ފައިލް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހު 11:00 ގައި މި ހޮސްޕިޓަލް މީޓިންގރޫމް ނުވަތަ މިނިސްޓްރީ އޮފް ހެލްތު ގައެވެ.

 

މި އިއުލާނާއި ގުޅޭ އެއްވެސް މައުލުމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 އޯގަސްޓް 2021 ވާ އާދީއްތް ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

16 އޮގަސްޓް 2021
ހޯދާ