ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީގެ ގޭގޭގެ މަގުފާރުކައިރީ މަގުމަތީގައި ހުރި ތަކެތި ނެގުމާއި ގުޅޭ

ފުވައްމުލަކު ސިޓީގެ ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑި އާއި ޖޯލިފަތި ފަދަ ތަކެތި، ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެތި، ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުނި  އަދި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލް ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. މިގޮތަށް މަގުގައި ތަކެތި ބަހައްޓައި ގަސްހައްދާފައި ހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުއް ދުއްވުމަށާއި، މަގު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

         ވީމާ، މަގުފާރު ކައިރީ މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑި އާއި ޖޯލިފަތި ފަދަ ތަކެތި، ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެތި، ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުނި  އަދި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލް ފަދަ ތަކެތި މިގޮތަށް ބަހައްޓާފައި ހުރުމަކީ މަނާކަމަކަށްވާތީ ވީމާ މިކަން ހަނދާންކޮށްދިނުމުގެ ގޮތުން މިކައުންސިލްގެ ނަންބަރ (IUL)468-CMCR/468/2020/4 އިޢުލާނުން ވެސް ވާނީ އާންމުކޮށް މިކަން ހަދާންކޮށްދެވިފައެވެ. މިގޮތަށް މަގުމަތީގައި ހައްދާފައި ހުންނަ ގަސްތަކާއި ބަހައްޓާފައި ހުންނަ ތަކެތި 20 އޮގަސްޓް 2021 ވާ ބުރާސްފަތިދުވަހުގެ ކުރިން ނަގައި ސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި މަމަގުމަތީގައި ބަހައްޓާފައި ހުންނަ މަތީގައި ދެންނެވުނު ތަކެތި މިއިދާރާއިން ނަގަމުންދާނެކަން އަދި މަގުގައި ހިގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް މަގުމަތީގައި 12 ފޫޓަށް ވުރެ ތިރީގައި ހުންނަ ގަސްތައް ކޮށައި ދަތިފިލުވުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންދާނެ ވާހަކަދަންނަވަމެވެ.

 

                     08 މުހައްރަމް 1443    

                     16 އޮގަސްޓް 2021                      

16 އޮގަސްޓް 2021
ހޯދާ