ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
ކްލާސް ރޫމުގެ ފުރާޅުގެ ޓިނު ބަދަލުކުން

 

                  މި ސްކޫލުގެ GS206/IUL/2021/005 ނަންބަރ ޢިއުލާނުގައިވާ ކްލާސް ރޫމުގެ ފުރާޅުގެ ޓިނު ބަދަލުކުރާނެ ފަރާތެއް ހޯދުމަށް 13 ޖުލައި 2021 ގައި ކުރެވުނު ޢިއުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އެ ޢިއުލާނު ބާޠިލުކޮށް އަލުން ޢިއުލާންކުރަމެވެ.

                  އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00 އާއި ދެމެދު ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި މި އިދާރާގެ ފޯން ނަންބަރ 7983084 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައި މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހަށަހަޅަންވާނެއެވެ. މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި ވާދޫ ޖަމާލުއްދީން ސްކޫލް / ގދ. ވާދޫ ގައެވެ.

  1. ކުންފުނި / އިންވެސްޓްމެންޓް، ފަރުދުންގެ ވިޔަފާރީގެ ނަން:
  2. މަސްޢޫލުވާ ފަރާތުގެ ނަން:
  3. ކުންފުނި / އިންވެސްޓްމެންޓް، ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ:
  4. އީމެއިލް އެޑްރެސް:
  5. ގުޅޭނެ ފޯން ނަންބަރ:

ނޯޓު: ދެންނެވިފައިވާ ތާރީޚުގައި އިތުރު ދުވަހެއް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އެ ދުވަސް މި މުއްދަތަށް އިތުރު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވާދޫ ޖަމާލުއްދީން ސްކޫލް

ގދ. ވާދޫ

ފޯން: 7983084

އީ-މެއިލް:  [email protected]

ކޮޕީ އީ-މެއިލް: [email protected]

 

                              03 މުޙައްރަމް 1443

15 އޮގަސްޓް 2021
ހޯދާ