ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ބައެއް ޢިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިރީގައިމިވާ އިމާރާތްތަކުގެ ސެކިއުރިޓީ (1 އަހަރު ދުވަހުގެ މުއްދަތަށް ) ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

1 .ފުވައްމުލަކު ޕަބްލިކް ލައިބްރަރީ

2. ފެސިލިޓޭޓިންގ ޑިޕާޓްމެންޓުގެ އޮފީސް (ކުރީގެ ރަށު ކައުންސިލްތަކުގެ އިދާރާ)

3. ފުވައްމުލައް ނޭޗަރ ޕާރކުގެ ރެކްރިއޭޝަނަލް ފެސިލިޓީ އަދި 02 ބޯޑްވޯކްސް

4. ފުވައްމުލަކު އިޖްތިމާޢީ މަރުކަޒް

 2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 އޯގަސްޓް 2021 އިން 19 އޯގަސްޓް 2021 އަށް މި އިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ.

 3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  15 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ހަމައަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓެއްގައި މެއިލް ކުރެވޭނެއެވެ.

 4. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 21 އޯގަސްޓް 2021 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 22 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

 

04 މުޙައްރަމް 1443

12 އޯގަސްޓް 2021

12 އޮގަސްޓް 2021
ހޯދާ