ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
1. މިސްކޫލް ވަށާފާރާއި ޢިމާރާތުގެ ކުލަ ދަވާދު އައު ކުރުން

މި އިޢުލާންވަނީ 19 އޮގަސްޓް 2021 14:05 ގައި ބާތިލް ކުރެވިފައެވެ.


ނަމްބަރު:14/2021/(IUL) GS118

އިޢުލާނު

                              ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިސްކޫލް ވަށާފާރާއި ޢިމާރާތުގެ ކުލަ ދަވާދު އައު ކުރުމަށް ބޭނުން ވެއެވެ.ވީމާ، ސްކޫލް އިން ތަކެތި ފޯރުކޮށްދިނުމުންމިމަސައްކަތައްޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 އޮގަސްޓް 2021 އިން 15 އޮގަސްޓް 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 16 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 25 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  6. މަޢުލޫމާތު ސާފުކުރެއްވުމަށްވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޮއްދޫ ސްކޫލް

ނ.ފޮއްދޫ، ދިވެހިރާއްޖެ

    ފޯން: 6561807 ނުވަތަ 6560570

    އީމެއިލް:  [email protected] އަށެވެ.

11 އޮގަސްޓް 2021
ހޯދާ