ދިވެހިރާއްޖެ
|
ނަމްބަރ: (IUL)297-AD/297/2021/47
އިޢުލާން
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތްކުރަންޖެހޭ ތަން : ނަހްޒާ ޤުރުއާންކްލާސް / ނ.ވެލިދޫ
މުސާރަ މަހަކު: -/2500 (ދެހާސް ފަސްސަތޭކަރުފިޔާ)
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1- ނަހްޒާ ޢިމާރާތުގައި ކިޔަވައިދެމުންދާ ނަހްޒާޤުރުއާން ކްލާހުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކްލާސްފެށުމުގެ 1 ގަޑިއިރުކުރިން މަދުވެގެން 1 (އެކެއް) ފަހަރު ގޯތިތެރެއާއި، މަގުމަތި ކުނިކެހުން، އަދި ކިޔެވުންއޮންނަ ކޮންމެދުވަހަކު ކްލާސްތަކާއި އޮފީސްތެރެއާއި ، ފާޚާނާކުނިކަހާ ސާފްކުރުން. އަދި ކްލާހުގެ ކިޔެވުން ނޯންނަދުވަސްތަކުގައިވެސް ގޯތިތެރެއާއި، މަގުމަތި ކުނިކަހާ ސާފްކުރުން.
2- ހަފްތާއަކު 01 ދުވަހު ކްލާސްތަކާއި، އޮފީސްތެރެތަޅުން މޮޕްކޮށް ދޮރާއި ދޮރުފަތުގެ ބިއްލޫރި ސާފްކުރުން.
3- މަހަކު އެއްފަހަރު ފަންކާފުހެ ސާފްކުރުން.
4- ގުރުއާން ކްލާހުގައި ހިންގާ އިތުރުހަރަކާތްތައް ހިންގުމުގައި މުވައްޒަފުންނަށް އެހީތެރިވުން.
5- ޤުރުއާންކްލާސް އޮންނަ ކޮންމެދުވަހަކު 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރުން.
6- ޤުރުއާން ކްލާސްހިންގާ ފަރާތުން އަންގާގޮތެއްގެ މަތިން މަސައްކަތްކުރުން.
7- ޤުރުއާންކްލާހުގެ ލިޔެކިޔުންތައް ހަވާލުކުރުމަށް އަންގާ ފަރާތަކާ ހަވާލުކުރުން.
8- މަސައްކަތަށް ބޭނުންވާތަކެތި ކޮންމެމަހެއްގެ 05 ގެ ކުރިން ޤުރުއާން ކްލާސްހިންގުމާ ހަވާލުވެ ހުންނަވާ ފަރާތަށް ހުށައެޅުން.
9- ޤުރުއާންކްލާސް ހިންގުމާ ހަވާލުވެ ހުންނަވާ ފަރާތްތަކާއި މަޝްވަރާކޮށްގެން މަސައްކަތްކުރަމުން ގެންދިއުން.
10- މީގެއިތުރުން ވަޒީފާއާއިގުޅޭގޮތުން ޤުރުއާންކްލާހުން ހަވާލުކުރާކަންކަންކުރުން.
3- ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 18އޮގަސްޓް 2021 ވާ ބުދަދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށްމަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހުންހޮވުމަށް ބާއްވާ އިންޓަރވިއުއޮންނާނީ 2021 އޮގަސްޓް 19 އާއި 29 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށްކުރިމަތިލައްވާފަރާތްތަކުން އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected]އަށެވެ.
29 ޛުލްޙިއްޖާ 1442
08 އޮގަސްޓް 2021