ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުން ހޯދުމާއި ބެހޭ

ދާންދޫ ކައުންސިލްގެ އިދާރާގެ ސެކުރިޓީ ބަލަހައްޓާނެ ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާނެ ވަގުތީ މީހުން (މި އިޢުލާނާއި ގުޅިގެން އެއްބަސްވުމުގައި ސޮއި ކުރެވޭ ދުވަހުން ފެށިގެން) 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ބޭނުން ވެއްޖެއެވެ.

1-      ބޭނުންވާ ޢަދަދު: 3

2-      މަގާމުގެ ނަން: ސެކިއުރިޓީ އޮފިސަރ

3-      އުޖޫރަ: މަހަކު 3100.00ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

4-      ރިސްކް އެލެވަންސް: މަހަކު 1000.00ރުފިޔާ (އެއްހާސް ރުފިޔާ)

5-      ފޯން އެލަވަންސް: މަހަކު 100.00ރުފިޔާ (އެއްސަތޭކަ ރުފިޔާ)

6-      ރަމަމަޟާން އިނާޔަތު 3000.00ރުފިޔާ (ތިންހާސް ރުފިޔާ)

7-      މި މަޤާމުތަކުގައި މަސައްކަތް ކުރާ ވަގުތީ މުވައްޒަފުން އިތުރު ވަގުތުގައި މަސައްކަތް ކުރާނަމަ އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލާއި އެއްގޮތަށް ލިބޭނެ އެވެ.

8-      ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ކުރިމަތިލެވޭނީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވުމާއި އަދި 65 އަހަރުވެ މުސްކުޅިވުމުގެ ސަބަބުން ޞިއްޙީ ޙާލަތު މިފަދަ ކަމަކަށް ތަންނުނުދޭ ފަދަ މީހަކު ކަމުގައި ނުވާމީހުންނަށެވެ.

9-      ޗުއްޓީއާއި މަސައްކަތު ގަޑި:

1-      12 މަސްދުވަހުގެ ތެރޭގައި، ޚާއްޞަ ޙާލަތެއްގެ ގޮތުގައި، މީހާ ނުވަތަ އެމީހާ ބަލަހައްޓާ ފަރާތެއް ބަލިވެގެން ބޭނުންވެއްޖެ ނަމަ އުޖޫރައާއެކު މަސައްކަތަށް ދަތިނުވާގޮތަށް ބަންދުދުވަސްތައް ނުހިމަނައި 10 ދުވަހުގެ އިމަޖެންސީ ޗުއްޓީއެއް ހިނގާ މަސައްކަތު އަހަރު ތެރޭގައި ދެވޭނެއެވެ.

2-      މި ވަޒީފާގައި އުޅޭ މީހަކަށް، އެ މީހާ ނުވަތަ އެމީހާ ބަލަހައްޓާ ފަރާތެއް ބަލިވެގެން ބޭނުންވެއްޖެ ހާލަތެއްގައި އުޖޫރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، 24 ސަލާމް ހިނގާ މަސައްކަތު އަހަރު ތެރޭގައި ބުނެވިދާނެ އެވެ. މިގޮތުން 2 ދުވަހަށްވުރެ އިތުރުވެއްޖެ ނަމަ ސަރުކާރު ގަބޫލުކުރާ ޑޮކްޓަރެއްގެ ސެޓިފިކެޓް ހުށަހަޅަންޖެހޭނެއެވެ.

3-      މިފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ އެކަން މި އިދާރާގެ ކަމާއި ބެހޭ މުއްޒަފަކަށް އަންގަންވާނެއެވެ.

4-      މި މާއްދާގެ ނަންބަރު 1 އާއި އަދި ނަންބަރު 2 ގައި ހިމެނޭފަދަ ޙާލަތުގައި ހުންނަ މުވައްޒަފުގެ ޑިއުޓީ ނަގަންވާނީ މިކަމަށް ނަގާފައިވާ މުވައްޒަފުންގެ މެދުގައި ބަހާލައިގެންނެވެ.

5-      އަދި މިނޫން އިތުރު ޗުއްޓީއެއް ނުވަތަ އިތުރު ސަލާމް ޗުއްޓީއެއް ނުދެވޭނެއެވެ.

6-      ޑިއުޓީ ކުރަންޖެހޭނީ ގިނަވެގެން ދުވާލަކު ޖުމްލަ 8 ގަޑި އިރުއެވެ.

 

10- ހާޒިރީގައި ސޮއިކުރުން:

1-      ދާންދޫ ކައުންސިލްގެ އިދާރާގައި އޮންނަ ސެކުރިޓީ އޮފިސަރުން ސޮއިކުރާފޮތުގައި ކޮންމެ ދުވަހަކުވެސް މަސައްކަތަށް ނުކުންނަ ގަޑިއާއި މަސައްކަތް ނިންމޭ ގަޑި ޖަހައި ސޮއިކުރަންވާނެއެވެ.

11- ގަޑީލާރި އަދި އުޖޫރަ:

1-      މަސައްކަތަށް ނުކުންނަން ކަނޑަ އެޅިފައިވާ ގަޑިއަށްވުރެން ލަހުން ނުކުންނަ ފަރާތްތަކަށް އެލަސްވި ވަގުތަށް އަދި މަސައްކަތު ގަޑި ނުނިމެނީސް ހާޒިރީގައި ސޮއިކޮށް ގޮސްފި ނަމަވެސް އެ އަވަސްވި ވަގުތަކަށް މަހު އުޖޫރައިން ގަޑީލާރި ކެނޑޭނެއެވެ. ގަޑީލާރި ކަނޑާނީ މަހު އުޖޫރަ 30 އިން ގެއްލައި އެލިބޭ އަދަދު 240 ގެއްލައި އެލިބޭ ޢަދަދުގެ މަސްދުވަހު ލަސްވި މިނިޓާއި އަދި އަވަސްވި މިނިޓުގެ ޖުމްލަ މިނިޓާއި ގުނަކުރުމުން ޖެހޭ މިންވަރު އުޖޫރައިން އުނިކޮށްގެންނެވެ.

2-      މި މަސައްކަތް ކުރުމުގައި،  ސަލާމާއި ޗުއްޓީގެ ދުވަސްތައް ފިޔަވައި މަސައްކަތަށް ނުނުކުންނަ ދުވަހަކަށް އުޖޫރަ ނުހިނގާނެއެވެ.

 

12- ވަޒީފާގެ މަސްޢޫލިއްޔަތާއި އެހެނިހެން ކަންކަން:

1-      ކައުންސިލް އިދާރާގެ ގޯތިތެރެއަށް ޤަވާއިދާއި ޚިލާފަށް އެއްވެސް މީހަކު ވަންނަ ނަމަ އެކަން މަނާކޮށް އެކަމެއް ހުއްޓުވުމާއި އަދި މިފަދަ ކަމެއް ހިނގާފިނަމަ ކައުންސިލް އިދާރާގެ ވެރިންގެ ސަމާލުކަމަށް އެކަމެއް ވަގުތުން ވަގުތަށް ގެނެސް ދީ، ކައުންސިލުން އަންގާ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރުން 

2-      ކައުންސިލް އިދާރާއި ކައުންސިލް އިދާރާގެ ގޯތީގައިވާ އެންމެހައި  ތަންތަނުގެ  ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން

3-      ކައުންސިލް އިދާރާގެ ގޯތި ތެރޭގައިވާ ގަސްގަހާ ގެއްސާއި ތަކެތި ހިމާޔަތް ކޮށް ބެލެހެއްޓުން

4-      ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އެއްވެސް ބާވަތެއްގެ މުދަލެއް ބެހެއްޓިފައިވާނަމަ އެފަދަ މުދާ ތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން

5-      ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި ކައުންސިލް އިދާރާއިން ވަކި މަސައްކަތެއް ކުރުމަށް އަންގާފިނަމަ އެ މަސައްކަތެއް ކުރުން

6-      ކައުންސިލް އިދާރާއިން ކުރާ އާންމު އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން. އަދި ކައުންސިލް އިދާރާގެ ވަގުތީ މުވައްޒަފެެއްގެ ހައިސިއްޔަތުން ދައްކާ މަސައްކަތްތައް ކުރުން.

7-      ކައުންސިލް އިދާރާއަށް އެއްވެސް ގޮތަކުން އެއްވެސް ފަރާތަކުން ގޯނާއެއް ނުވަތަ ގެއްލުމެއް ކުރަން އުޅޭނަމަ އެކަން ހުއްޓުވައި އަދި އެކަމާއި ގުޅިގެން މިއިދާރާގެ އެކަން ދާންދޫކައުންސިލް އިދާރާގެ ވެރިންނަށާއި ދާންދޫ ޕޮލިސް ސްޓޭޝަށަށް އަންގުމުގެ އިތުރުން އެކަމެއް މޮނިޓަރ ކޮށް ބަލަހައްޓަމުން ގެންދިއުން.

8-      ސެކުރިޓީ ބަލަހައްޓާ މީހާގެ އިހުމާލުން ލިބޭ ގެއްލުންތަކަށް އެއިރަކު ޑިއުޓީގައި ހުންނަ ފަރާތުން ޒިންމާ ނަގަންޖެހޭނެއެވެ.

9-      ސެކިއުޓީ ބަލަހައްޓާ މީހާ، ޑިއުޓީ އަދާކުރާއިރު ހުންނަންވާނީ ދާންދޫކައުންސިލް އިދާރާގެ ގޯތި ތެރޭގައެވެ. އަދި ޑިއުޓީގައި ހުންނަ މީހާ އެހެން ތަންތަނަށް ޑިއުޓީ ގަޑީގައި ދެވޭނީ ޑިއުޓީ ބަލައްޓާނެ އެހެން މީހަކު ޑިއުޓީއާއި ޙަވާލު ވުމުން އެކަމުގެ ހުއްދަ ލިބިގެންނެވެ.

10-  މި ވަޒީފާއަށް ހޮވޭ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމާއި އެއްގޮތަށް މި ވަޒީފާގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރަންވާނެއެވެ.

11-  އަދި މިނޫނަސް ދާންދޫ ކައުންސިލް އިން މަސައްކަތާއި ގުޅިގެން ހަވާލުކުރާ އެހެނިހެން މަސައްކަތެއް ކުރުމަށް އަންގައިފި ނަމަ އެކަމެއް ކުރަންވާނެއެވެ.

 

13- ވަޒީފާއިން ވަކިކުން

1-      ދެވިފައިވާ ޗުއްޓީ ނުވަތަ ސަލާމް ހަމަކޮށް އެއްވެސް ސަބަބަކާއި ހުރެ ނަމަވެސް މަސައްކަތަށް ހާޒިރުވާންޖެހޭ ދުވަސް ފަހަނައަޅައި ޖެހިޖެހިގެން 2 ދުވަސް މަސައްކަތަށް ހާޒިރު ނުވެއްޖެނަމަ ނުވަތަ ވީގޮތެއް ލިޔުމުން ދާންދޫ ކައުންސިލަށް ނާންގައި މި ވަޒީފާގައި އުޅޭ މީހަކު މަސައްކަތައް ނުނުކުމެ ޖެހިޖެހިގެން 2 ދުވަސްވެއްޖެ ނަމަ އެމީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

2-      މި ވަޒީފާގައި އުޅޭ މީހުންނާއި، ދާންދޫ ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުމާއި ޚިލާފު ވުމުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އެމީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

 

14- ވަޒީއަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ

1-      ލިޔަންކިޔަން އެނގުން(މި ބައިން މިންކުރާނީ، 1 އާއި 20 އާއި ދެމެދުން ލިބޭ ޕޮއިންޓް ދިނުން)

2-      އާމްދަނީ ލިބޭނެ ވަސީލަތެއް ތިމާގެ ނެތި، ތިމާ، ދައުލަތުގެ ނުވަތަ އަމިއްލަ ވަޒީފާ އަދާނުކުރާނަމަ ލިބޭނީ 10 ޕޮއިންޓް | ވަޒީފާއެއްގައި އުޅޭ މީހެއް ނަމަ 5 އާއި 1 އާއި ދެމެދުން ލިބޭ ޕޮއިންޓް ދިނުން

3-      މީހާގެޞިއްޙަތަށާއި ދުޅަހެޔޮކަމަށާއި މިފަދަ މަސައްކަތެއްގައި ގިނަވަގުތު އުޅެވޭނެ މިންވަރަށް ބަލައި އިންޓަރވިއު ޕެނަލްގެ މެމްބަރުން މިބަޔަށް ކަނޑައެޅިފައިވާ 20 ޕޮއިންޓުގެ ތެރެއިން ފެންނަ މިންވަރަކަށް ޕޮއިންޓް ދެވޭނެއެވެ.

4-      ހުރިހާ މީހުންގެ ޖުމްލަ އެވްރެޖް މާކްސް ހެދޭނީ ވަޒީފާއަށް އެދޭ ކޮންމެމީހަކަށް އިންޓަވިއު ޕެނަލްގެ 5 މެމްބަރުން، ވަޒީފާއަށް އެދޭ މީހާގެ ހާޒިރުގައި ފުރާ އިންޓަވިއު ފޯމްތަކުގެ ޖުމްލަ ޕޮއިންޓް5އިން ގެއްލައިގެން އަންނަ ނަތީޖާއިންނެވެ. އެންމެ މަތީން މާކްސް ލިބޭ 3 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

5-      އިންޓަރވިއު ކުރުން އޮންނާނީ ދާންދޫ ކައުންސިލްގެ އިދާރާގައިއެވެ. އިންޓަރވިއު އޮންނަ ދުވަހަކާއި ވަގުތު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

 

15-  ވަޒީފާ އަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1-      ވަޒީފާ އަށް އެދި ފޮނުވާ ސިޓީ

2-      އައިޑީ ކާޑުގެ ސާފު ކޮޕީ

3-      ސްކޫލް ނިންމާފައި ވާނަމަ ސްކޫލް ލީވިންގ ސެޓިފިކެޓުގެ ސާފު ކޮޕީ

4-      ތަޖުރިބާ ބަޔާންކުރާ ލިޔުމެއް އޮތްނަމަ އެލިޔުމުގެ ކޮޕީ

 

  • މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރާއިރު މީގެ ކުރީން އެއްވެސް ތަނެއްގައި މިބާވަތުގެ މަސައްކަތެއްކޮށް އެމަސައްކަތު އެއްބަސްވުމާއި ޚިލާފުވެގެން އެމަސްޢޫލިއްޔަތެއް އަބުރާ އަތުލެވިފައިވާ އެއްވެސް ފަރާތެއްވާނަމަ އެފަރާތެއްގެ ހުށަހެޅުން ކެންސަލްކުރެވޭނެއެވެ.

 

  • ވީމާ ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރު ކަމުގެ ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ދާންދޫގައި ވަޒަންވެރިވެ ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރީން ވަޒީފާއަށް އެދޭކަން ބަޔާންކޮށް، ސިޓީ އާއި އެހެނިހެން ލިޔެކިއުންތައް މި ކައުންސިލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

04 އޮގަސްޓް 2021
ހޯދާ