ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މީހުން ނެގުމާއި ބެހޭ

ދާންދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ ވަގުތީ މަސައްކަތު މީހުން (މި އިޢުލާނާއި ގުޅިގެން އެއްބަސްވުމުގައި ސޮއި ކުރެވޭ ދުވަހުން ފެށިގެން) 31 ޑިސެމްބަރ 2021 ގެ ނިޔަލަށްބޭނުން ވެއްޖެއެވެ.

 

1-      ބޭނުންވާ ޢަދަދު: 6

2-      އުޖޫރަ: މަހަކު 2000.00ރުފިޔާ (ދެހާސް އެއްސަތޭކަ ރުފިޔާ)

3-      ރަމަމަޟާން އިނާޔަތު 3000.00ރުފިޔާ (ތިހާސް ރުފިޔާ)

 

4-      ޗުއްޓީއާއި މަސައްކަތު ގަޑި:

1-      12 މަސްދުވަހުގެ ތެރޭގައި، ޚާއްޞަ ޙާލަތެއްގެ ގޮތުގައި، މީހާ ނުވަތަ އެމީހާ ބަލަހައްޓާ ފަރާތެއް ބަލިވެގެން ބޭނުންވެއްޖެ ނަމަ އުޖޫރައާއެކު މަސައްކަތަށް ދަތިނުވާގޮތަށް ބަންދުދުވަސްތައް ނުހިމަނައި 10 ދުވަހުގެ އިމަޖެންސީ ޗުއްޓީއެއް ހިނގާ މަސައްކަތު އަހަރު ތެރޭގައި ދެވޭނެއެވެ.

2-      މި ވަޒީފާގައި އުޅޭ މީހަކަށް، އެ މީހާ ނުވަތަ އެމީހާ ބަލަހައްޓާ ފަރާތެއް ބަލިވެގެން ބޭނުންވެއްޖެ ހާލަތެއްގައި އުޖޫރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، 24 ސަލާމް ހިނގާ މަސައްކަތު އަހަރު ތެރޭގައި ބުނެވިދާނެ އެވެ. މިގޮތުން 2 ދުވަހަށްވުރެ އިތުރުވެއްޖެ ނަމަ ސަރުކާރު ގަބޫލުކުރާ ޑޮކްޓަރެއްގެ ސެޓިފިކެޓް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ އެކަން މި އިދާރާގެ ކަމާއި ބެހޭ މުއްޒަފަކަށް އަންގަންވާނެއެވެ.

3-      އަދި މިނޫން އިތުރު ޗުއްޓީއެއް ނުވަތަ އިތުރު ސަލާމުގެ ޗުއްޓީއެއް ނުދެވޭނެއެވެ.

4-      މަސައްކަތް ކުރަން ޖެހޭނީ ރަސްމީ ދުވަސްތަކުގައި ދުވާލަކު ޖުމްލަ 4 ގަޑި އިރުއެވެ.

5-      މި މާއްދާގެ 4 ވަނަ ނަންބަރު ގައިވާ ދުވަސްތަކާއި އަދި މަސައްކަތްތަކުގެ އިތުރުން ޚާއްޞަ ޙާލަތެއްގައި ރަށުތެރެ ސާފުކުރުމަށާއި އަދި މަދިރި ކޮންޓްރޯލް ކުރުމަށް ހިންގޭ ތަފާތު ހަރަކާތްތަކާއި އަދި މަސައްކަތްތަކުގައި ބައިވެރިވުމަށް ކައުންސިލް އިން އަންގައިފި ނަމަ އެކަމެއް ކުރަންވާނެއެވެ.

 

5-      ހާޒިރީގައި ސޮއިކުރުން:

1-      ދާންދޫ ކައުންސިލްގެ އިދާރާގައި އޮންނަ ވަގުތީ މަސައްކަތު މީހުން ސޮއިކުރާފޮތުގައި ކޮންމެ ދުވަހަކުވެސް މަސައްކަތަށް ނުކުންނަ ގަޑިއާއި މަސައްކަތް ނިންމޭ ގަޑި ޖަހައި ސޮއިކުރަންވާނެއެވެ.

2-      ދާންދޫ ކައުންސިލް އިދާރާގައި އޮންނަ ހާޒިރީގައި ސޮއިކުރާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 ގައެވެ. ކައުންސިލްގައި އޮންނަ ހާޒިރީގައި ސޮއިކުރުމުގެ އިތުރުން ސައިޓުން ވަގުތުން ސޮއިކުރާގޮތަށް މަސައްކަތު ޓީމުން ކަނޑައެޅޭ މީހެއްގެ ހަވާލުގައި މަސައްކަތްތަށް ނުކުމެ ސޮއިކުރާނެ ހާޒިރީ ފޮތެއް ހަވާލުކުރެވޭނެއެވެ. މިފޮތުގައި ކޮންމެ މަސައްކަތު މީހަކުވެސް ސޮއިކުރަންވާނެއެވެ.

 

6-      ގަޑީލާރި އަދި އުޖޫރަ:

1-      މަސައްކަތަށް ނުކުންނަން ކަނޑަ އެޅިފައިވާ ގަޑިއަށްވުރެން ލަހުން ނުކުންނަ ފަރާތްތަކަށް އެލަސްވި ވަގުތަށް އަދި މަސައްކަތު ގަޑި ނުނިމެނީސް ހާޒިރީގައި ސޮއިކޮށް ގޮސްފި ނަމަވެސް އެ އަވަސްވި ވަގުތަކަށް މަހު އުޖޫރައިން ގަޑީލާރި ކެނޑޭނެއެވެ. ގަޑީލާރި ކަނޑާނީ މަހު އުޖޫރަ 30 އިން ގެއްލައި އެލިބޭ އަދަދު 120 ގެއްލައި އެލިބޭ ޢަދަދުގެ މަސްދުވަހު ލަސްވި މިނިޓާއި އަދި އަވަސްވި މިނިޓުގެ ޖުމްލަ މިނިޓާއި ގުނަކުރުމުން ޖެހޭ މިންވަރު އުޖޫރައިން އުނިކޮށްގެންނެވެ.

2-      މި މަސައްކަތް ކުރުމުގައި،  ސަލާމާއި ޗުއްޓީގެ ދުވަސްތައް ފިޔަވައި މަސައްކަތަށް ނުނުކުންނަ ދުވަހަކަށް އުޖޫރަ ނުހިނގާނެއެވެ.

 

7-      ވަޒީފާގެ މަސްޢޫލިއްޔަތާއި އެހެނިހެން ކަންކަން:

1-      މި ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތަކީ، ދާންދޫ ކައުންސިލް އިން އިޖުތިމާޢީ ސަރަހައްދުތައް ގޮތުގައި ކަނޑައަޅައި ދައްކާ ސަރަޙައްދުތަކުގައި ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.

2-      މި ވަޒީފާއަށް ހޮވޭ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމާއި އެއްގޮތަށް މި ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންވާނެއެވެ.

3-      މިވަޒީފާގައި އުޅޭމީހުން އިޖުތިމާޢީ ސަރަޙައްދު ތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ދާންދޫ ކުނި މެނޭޖް ކުރުމަށް އޮންނަ އުޞޫލުތަކާއި އެއްގޮތަށެވެ.

 

8-      ވަޒީފާއިން ވަކިކުން

1-      ދެވިފައިވާ ޗުއްޓީ ނުވަތަ ސަލާމް ހަމަކޮށް އެއްވެސް ސަބަބަކާއި ހުރެ ނަމަވެސް މަސައްކަތަށް ހާޒިރުވާންޖެހޭ ދުވަސް ފަހަނައަޅައި ޖެހިޖެހިގެން 2 ދުވަސް މަސައްކަތަށް ހާޒިރު ނުވެއްޖެނަމަ ނުވަތަ ވީގޮތެއް ލިޔުމުން ދާންދޫ ކައުންސިލަށް ނާންގައި މި ވަޒީފާގައި އުޅޭ މީހަކު މަސައްކަތައް ނުނުކުމެ ޖެހިޖެހިގެން 2 ދުވަސްވެއްޖެ ނަމަ އެމީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

2-      މި ވަޒީފާގައި އުޅޭ މީހުންނާއި، ދާންދޫ ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުމާއި ޚިލާފު ވުމުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އެމީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

 

9-      ވަޒީއަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ

1-      ލިޔަންކިޔަން އެނގުން (މި ބައިން މިންކުރާނީ، 1 އާއި 20 އާއި ދެމެދުން ލިބޭ ޕޮއިންޓް ދިނުން)

2-      އާމްދަނީ ލިބޭނެ ވަސީލަތެއް ތިމާގެ ނެތި، ތިމާ، ދައުލަތުގެ ނުވަތަ އަމިއްލަ ވަޒީފާ އަދާނުކުރާނަމަ ލިބޭނީ 10 ޕޮއިންޓް | ވަޒީފާއެއްގައި އުޅޭ މީހެއް ނަމަ 5 އާއި 1 އާއި ދެމެދުން ލިބޭ ޕޮއިންޓް ދިނުން

3-      މީހާގެޞިއްޙަތަށާއި ދުޅަހެޔޮކަމަށާއި މިފަދަ މަސައްކަތެއްގައި ގިނަވަގުތު އުޅެވޭނެ މިންވަރަށް ބަލައި އިންޓަރވިއު ޕެނަލްގެ މެމްބަރުން މިބަޔަށް ކަނޑައެޅިފައިވާ 20 ޕޮއިންޓުގެ ތެރެއިން ފެންނަ މިންވަރަކަށް ޕޮއިންޓް ދެވޭނެއެވެ.

4-      ހުރިހާ މީހުންގެ ޖުމްލަ އެވްރެޖް މާކްސް ހެދޭނީ ވަޒީފާއަށް އެދޭ ކޮންމެމީހަކަށް އިންޓަވިއު ޕެނަލްގެ 3 ނުވަތަ 5 މެމްބަރުން، ވަޒީފާއަށް އެދޭ މީހާގެ ހާޒިރުގައި ފުރާ އިންޓަވިއު ފޯމްތަކުގެ ޖުމްލަ ޕޮއިންޓް ޕެނަލުގައި ހިމެނޭ މެމްބަރުނެގެ އަދަދުން ގެއްލައިގެން އަންނަ ނަތީޖާއިންނެވެ. އެންމެ މަތީން މާކްސް ލިބޭ 6 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

5-      އިންޓަރވިއު ކުރުން އޮންނާނީ ދާންދޫ ކައުންސިލްގެ އިދާރާގައިއެވެ. އިންޓަރވިއު އޮންނަ ދުވަހަކާއި ވަގުތު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

 

10-  ވަޒީފާ އަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1-      ވަޒީފާ އަށް އެދި ފޮނުވާ ސިޓީ

2-      އައިޑީ ކާޑުގެ ސާފު ކޮޕީ

3-      ސްކޫލް ނިންމާފައި ވާނަމަ ސްކޫލް ލީވިންގ ސެޓިފިކެޓުގެ ސާފު ކޮޕީ

4-      ތަޖުރިބާ ބަޔާންކުރާ ލިޔުމެއް އޮތްނަމަ އެލިޔުމުގެ ކޮޕީ

 

  • މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރާއިރު މީގެ ކުރީން އެއްވެސް ތަނެއްގައި މިބާވަތުގެ މަސައްކަތެއްކޮށް އެމަސައްކަތު އެއްބަސްވުމާއި ޚިލާފުވެގެން އެމަސްއޫލިއްޔަތެއް އަބުރާ އަތުލެވިފައިވާ އެއްވެސް ފަރާތެއްވާނަމަ އެފަރާތެއްގެ ހުށަހެޅުން ކެންސަލްކުރެވޭނެއެވެ.

 

  • ވީމާ މި ވަގުތީ މަސައްކަތު  ވަޒީފާ އަމިއްލައަށް އަދާކުރުމަށް ޝައުޤުވެރިވާ ދާންދޫގައި ވަޒަންވެރިވެ ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތްތަކުން 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރީން ވަޒީފާއަށް އެދޭކަން ބަޔާންކޮށް، ސިޓީ އާއި އެހެނިހެން ލިޔެކިއުންތައް މި ކައުންސިލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

 މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

04 އޮގަސްޓް 2021
ހޯދާ