މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނޫމަރާ ކައުންސިލުން ރައްޔިތުނަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ކައުންސިލްގެ ބައްދަލްވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން  އާއްމުކޮށް ހުޅުވާލައިގެން ޖުލައިމަހު ބާއްވާ ބައްދަލްވުން މިހިނގާ ޖުލައިމަހު 29 ވާ ބުރާސްފަތި ދުވަހުގެ ގައި ށ.ނޫމަރާ ޕުރީސުކޫލް ހޯލްގައި އޮންނާނެ އެވެ. މިބައްދަލްވުން ބޭއްވުމަށް ހަމަ ޖެހިފައިވަނީ ދެދަންފަޅިއަކަށް ބަހާލައިގެން ކަމުން 29 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންހެންބޭފުޅުން އަދި އެރޭ 20:45 ގައި ފިރިހެންބޭފުޅުންނަށް ބައްދަލްވުން ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މިބައްދަލްވުމުގައި ތިރީގައިވާ ކަންކަމާއި މެދު މަސްވަރާކުރުމަށް ކައުންސިލުން ވަނީ ނިންމާފައި އެވެ.

 

  • 2021 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުން
  • 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް އަދި ލަފާކުރާ ބަޖެޓް ރައްޔިތުންނަށް ހުށައަޅާ ހިޔާލު ހޯދުން

 

                                     އެހެން ކަމުން، ވީހާވެސް ގިނަ ރައްޔިތުން މިބައްދަލްވުމުގައި ބައިވެރިވުމަކީ މިކައުންސިލްގެ އެދެމެވެ. އަދި ދަންނަވަމެވެ. 2022  ވަނަ އަހަރު މަސައްކަތު ތާވަލް މި އިޢުލާނާއި އެކު އާންމު ކުރީމެވެ.

 

                          ވިމާ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

23 ޖުލައި 2021
ހޯދާ