ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެމަގަށްވާ ގޮތަށް ކަންމައްޗަކަށް އޮންނަ ގޯތީގެ ކަން ވަށްކުރުމާ ގުޅޭ

ޢިމާރާތް ކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދު ނަންބަރު: 2019/R-1002 "ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށުގައި ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީ ގޮތުގެ ޤަވ ާއިދު" އަށް 1 ވަނަ އިޞްލާޙު ގެނެވި، ކުރިން އަމަލު ކުރަމުން ދިޔަ 10 ފޫޓަށް ކަންވަށްކުރާ އުސޫލަށް ވަނީ ބަދަލު ގެނެވިފައެވެ. އަދި އިޞްލާޙު ކުރެވިފައިވާ ޤަވާއިދުގެ 4 ވަނަ މާއްދާގައިވާގޮތުން، "ދެމަގަށްވާ ގޮތަށް ކަންމައްޗަށް އޮންނަ ގޯއްޗެއްގައި ޢިމާރާތެއް ފަރުމާކުރުމުގައި މަގުގެ އިމާ ގުޅިފައިވާ ގޯތީގެ ބައިން 12 (ބާރަ) ފޫޓު ރޭޑިއަސްއެއް ހަމަވާހެން، ކަން ވަށްކުރަންވާނެއެވެ."

ވީމާ، ޢިމާރާތެއްކުރުމުގެ މަސައްކަތް ނުވަތަ އިންފާރާއި ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި މިކަމަށް ހާއްސަ ސަމާލުކަމެއްދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ދަންނަވަމެވެ. ޢިމާރާތްކުރުމާއި އިންފާރާއި ގުޅޭ އެކިއެކި މަސައްކަތްތަކަށް ހުއްދަ ދިނުމުގައި މި އިދާރާއިން އަމަލުކުރަމުންދާނީ އިސްވެ ދެންނެވުން ޤަވާއިދާއި އެއްގޮތަށެވެ. އަދި މި ނޫން ގޮތަކަށް އަމަލު ކުރުމަކީ ޢިމާރާތްކުރުމާއި ބެހޭ އިދާރީ ޤަވާއިދުގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.

15 ޖުލައި 2021
ހޯދާ