ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މުޤައްރަރު އިޞްލާޙްކުރާނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މުޤައްރަރު އިޞްލާޙްކުރާނެ ފަރާތެއް ހޯދުމާބެހޭ

މިފެކަލްޓީގައި ކުރިޔައްގެންދާ ބެޗެލަރ އޮފް އާރޓްސް އިން އިންޓީރިއަރ ކޯހުގެ މުޤައްރަރު އިންޑަސްޓްރީގެ ނީޑްސްއަށް ފެތޭ ގޮތަށް އިޞްލާޙް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނަށް (-153-FEST/IUL/2021/13 ، 23 ޖޫން 2021) އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  1. ޝަރުތު: އިންޓީރިއަރ ޑިޒައިން ޑިގްރީއެއް ހާސިލްކޮށްފައި ވުމާއިއެކު ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން
  2. މުއްދަތު: އެގްރިމެންޓް ކުރެވޭ ތާރީޚުން ފެށިގެން 4 މަސް ދުވަސް

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ހ. ސޯސަންގެ، ޑީ.އެޗް.އެލް ކުރިމަތި) ގެ 2 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ، މިފެކަލްޓީގެ ލެކްޗަރަރ އަލްފާޟިލް އަބްދުﷲ އަފީފް (7662206) އަށް ރަސްމީ ދުވަސް ތަކުގައި 08:00 އާއި 14:00 ދެމެދު ގުޅުއްވުން އެދެމެވެ.

ނޯޓް: މި މަސައްކަތުގެ ޓީ.އޯ.ރު، ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި އަމަލުކުރާނެގޮތާއި ވަޒަންކުރާނެގޮތުގެ މައުލޫމާތާއި އަދި ހުށަހަޅަންޖެހޭ ފޯމުތައް  އިޢުލާނުގައި އެޓޭޗް ކުރެވިފައިވާނެއެވެ.

 

 

 

 

 

07 ޖުލައި 2021
ހޯދާ