ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިއުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް މިސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021ޖުލައި 06 އިން 2021 ޖުލައި 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މިސްކޫލުގެ އީމެއިލް އެޑްރެސް [email protected]  ތިރީގައި މިދަންނަވާ މައުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

2.1.   މައުލޫމާތު ސާފުކުރާ ވިޔަފާރީގެ ނަން:

2.2.   މައުލޫމާތު ސާފުކުރާ ވިޔަފާރީގެ ރަޖިސްޓްރީ ނަމްބަރ:

2.3.   އީމެއިލް އެޑްރެސް:

2.4.   އިތުރު މައުލޫމާތު ހޯދުމަށް ގުޅާނޭ ފަރާތެއްގެ ނަން:

2.5.   އިތުރު މައުލޫމާތު ހޯދުމަށް ގުޅާނޭ މޯބައިލް ނަމްބަރު:

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޖުލައި 12 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2120ޖުލައި 13 ވާ  އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ބީލަން މިސްކޫލުގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްގެންވެސް ހުށައެޅޭނެއެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި

ފޯން: 6540580              އީ-މެއިލް: [email protected]

 

އަދި ދަންނަވަމެވެ. މި ޕްރޮޖެކްޓުގެ ބީލަމަށް ނަންނޯޓް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                        25 ޛުލްޤައިދާ 1442

                         05  ޖުލައި  2021 

05 ޖުލައި 2021
ހޯދާ