ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެފްއެޗްޓީއެސް އިމާރާތުގެ އެއަރކޮންޑިޝަން ސިސްޓަމް ރަނގަޅުކުރުމާބެހޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ (އެފްއެޗްޓީއެސް) ޢިމާރާތުގައި ހުރި 28 ކޮޓަރީގެ ޓްރޭނިންގ ހޮޓަލުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަތަކަށް ރިޢާޔަތްކޮށް، ތިރީގައި ލިސްޓްކޮށްފައިވާ އިމާރާތުގެ ބައިތަކުގެ އެއަރކޮންޑިޝަން ސިސްޓަމްތަކަށް އެކަށީގެންވާ އަވަސް ޙައްލެއް ގެނެސްދެވޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. އެފްއެޗްޓީއެސް އިމާރާތުގެ 7 ވަނަ އަދި 8 ވަނަ ފަންގިފިލާގައި ހުރި 28 ކޮޓަރި އަދި އެގްޒެކްޓިވް ލައުންޖް
  2. އެފްއެޗްޓީއެސް އިމާރާތުގެ ގްރައުންޑް ފޮލޯގައިވާ ހޮޓަލުގެ ލޮބީއާއި ބެކް އޮފީސް އަދި ކޮންފަރެންސް ރޫމް
  3. އެފްއެޗްޓީއެސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބެންކުއެޓް ހޯލް އަދި މިކުންފުނީގެ އޮފީސް

މިމަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ޤަސްދުކޮށްފައިވަނީ މިކުންފުނިން ދޭ މަޢުލޫމާތައް ބިނާކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ބައިތަކަށް ޕޮއިންޓް ދީގެންނެވެ.

ޕޮއިންޓްދެވޭނެ ކަންކަން

ޕޮއިންޓް

މަސައްކަތް ކުރާ ފަރާތުގެ ޕްރޮފައިލް (މީގެކުރިންކޮށްފައިވާ މިދާއިރާގެ މަސައްކަތްތަކާއި ތަޖުރިބާ)

10

މަސައްކަތްކޮށް ނިންމާލުމުގެ މުއްދަތު

10

އެއަރކޮންޑިޝަން ސިސްޓަމް ރަނގަޅުކުރުމަށް ހުށަހަޅާ ހައްލު

30

މަސައްކަތުގެ އަގު

50

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 5 ޖުލައި 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއްގެ ޝައުޤުވެރިކަން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

https://forms.gle/14A5DhQeypiGMWtJ9

ޝައުޤުވެރިކަން ރަޖިސްޓަރ ކުރައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނެ ތަނާއި ތާރީޚާއި ގަޑި، އީމެއިލް މެދުވެރިކޮށް 5 ޖުލައި 2021 ގެ 12:30 ގެ ފަހުން އެންގޭނެއެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ އީމެއިލް ([email protected]) އަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ލިއުމުން ފޮނުއްވައި ދެއްވުން އެދެމެވެ.

30 ޖޫން 2021
ހޯދާ