މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލީގައި ސަރފް ޝެކް ތަރައްޤީކުރުން

އިޢުލާން

މ. މުލީގައި ސަރފް ޝެކް ތަރައްޤީކުރުން

            މ. މުލީގައި ސަރފް ޝެކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 29 ވާ އަންގާރަ ދުވަހުންފެށިގެން 2021 ޖުލައި 05 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަންސީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

           

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން

2021 ޖުލައި 06

11:00

މި އިދާރާގެ މީޓިން ރޫމް

ބީލަން ހުށަހެޅުން

2021 އޯގަސްޓް 02

11:00

މި އިދާރާގެ މީޓިން ރޫމް

           

މާރކްސް ދެވޭ ކްރައިޓީރިއާ

މާކްސްދެވޭ މިންގަނޑު

ތަފްޞީލް

ފޯރމިއުލަރ

އަގު

75%

- އަގަށް ދެވޭ މާރކްސް

- އަގަށް ދެވޭ މާރކްސް ދެވޭނީ ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންޑް ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocarted  percentage

މުއްދަތު

15%

- މުއްދަތަށް ދެވޭ މާރކްސް

- މާރކްސް ދެވޭނީ ޖުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/submitted price x Allocarted percentage

ތަޖުރިބާ

10%

- ތަޖުރިބާ ލިޔުމުގެ ގޮތުގައި ބަލާނީ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ މިބާވަތުގެ މަސައްކަތްކުރި ކަމަށް އެފަރާތުންދޫކޮށްފައިވާ 20,000.00 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތެވެ. އަދި ކޮންމެ ލިޔުމަކަށް 2 މާކްސް އެވެ. މިބައިން ގިނަވެގެން ދެވޭނީ 10 މާކްސް އެވެ.

 

 

 

-           

 

                   ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

29 ޖޫން 2021
ހޯދާ