މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށި ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބ.އޭދަފުށި ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ބ.އޭދަފުށި ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން މިއިދާރާއިން ކޮށްފައިވާ ނަމްބަރ IUL)320-FNP/320/2021/6) އިއުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 29 ޖޫން 2021 (އަންގާރަ) ދުވަހުގެ 10:00 ން ފެށިގެން 04 ޖުލައި 2021 ވާ (އާދިއްތަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.

ލިންކް:https://forms.gle/fMG6mJ11boWRHDNw5

މަޢުލޫމާތު ދިނުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 05 ޖުލައި 2021 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިމީޓިންގައި ހާޒިރުވެވެން ނެތް ފަރާތްތަށް ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 05 ޖުލައި 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ.

 

ބީލަން ހުށައެޅުން

ބީލަން ހުޅުވުން އޮންނާނީ 11 ޖުލައި 2021 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

28 ޖޫން 2021
ހޯދާ