މަޑިފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ، ކޭބަލް ވަޅުލުން

                               

މަޑިފުށީ ޞިއްޙީމަރުކަޒު

ތ.މަޑިފުށި،  ދިވެހިރާއްޖެ

 

 

ނަންބަރ: N3-HC/IUL/2021/01

އިޢުލާން

 

 

އީގަވަރމަންޓް ނެޓް ވޯކް އެޅުމަށް މަގުކޮނެ، ކޭބަލް ވަޅުލުން.

 

            މިމަރުކަޒުގައި އީގަވަރމަންޓް ނެޓްވޯކް އެޅުމަށް ކޭބަލް ވަޅުލުމަށް މަގުކޮނެ، ކޭބަލް ވަޅުލައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 

            ވީމާ، މިމަސައްކަތަށް ޝައުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް  މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތ.މަޑިފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

05 ޖުލައި 2021، 11:00

09 ޖުލައި 2021، 11:00

      

 

            މިމަސައްކަތަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުންދުގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 19/20214)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

            މިމަސައްކަތަށް ހުށައަޅާ އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރަވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށައަޅަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިމަރުކަޒަށް ސިޓީއަކުން އަންގަވަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށައަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖޫން 2021 

 

 

 

 

 

 

 

 

24 ޖޫން 2021
ހޯދާ