މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިން ޕާރކް ބިންސާފުކުރުމާއި ވަށާފާރު ރޭނުން

ކުޑަކުދިންގެ ޕާރކް ހެދުމަށް ކަނޑައެޅިފައިވާ ބިން ސާފުކުރުމާއި، ވަށާފާރު ރާނަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

             

              ކުޑަކުދިންގެ ޕާރކް ހެދުމަށް ކަނޑައެޅިފައިވާ ބިމުގައި ހުރި ގަސްތައް ކަނޑާ ސާފްކޮށް، އަމިއްލަ ތަކެތީގައި ކައުންސިލްއިން ދޭ މައުލޫމާތާއި އެއްގޮތަށް އިންފާރު ރާނަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހު 10:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގާ އެހެން ފަރާތެއް ފޮނުވާނަމަ، އަގު ހުށައަޅާ ފަރާތުން ބަދަލުގައި ފޮނުވިކަން އެނގޭނޭ ސިޓީއެއް ހުށައަޅަންވާނެއެވެ.

                               

22 ޖޫން 2021

22 ޖޫން 2021
ހޯދާ