ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚިދުމަތް 3 ނަންބަރ އިމާރާތް 1 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

ޚިދުމަތް 3 ނަންބަރ އިމާރާތް 1 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރ: (IUL)266-PR/266/2021/57 އިޢުލާނަށް ޞައްޙަ ބިޑެއް ލިބިފައިނުވާތީ އެއިއުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

ޚިދުމަތް 3 ނަންބަރ އިމާރާތް 1 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިއިމާރާތް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 22 ޖޫން 2021 (އަންގާރަ) ދުވަހުގެ 13:00 ން ފެށިގެން 27 ޖޫން 2021 ވާ (އާދީއްތަ) ދުވަހުގެ 08:30 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/vd4yDFdujT

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ދިނުން

27 ޖޫން 2021 ވާ (އާދީއްތަ)

09:00

އަންދާސީ ހިސާބު ހުށަހެޅުން

30 ޖޫން 2021 ވާ (ބުދަ)

09:00

 

 

 

މައުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ނޯޓް: ބީލަން ހުށަހަޅާ ބީލަންވެރިން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް މިހާރުން ފެށިގެން ހޯދުމަށް ސަމާލުކަން ދިނުން އެދެމެވެ.

 

22 ޖޫން 2021
ހޯދާ