މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިންގ ޓްރެކް ބިމުގެ ވިނަނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ޑްރައިވިންގ ޓްރެކް ބިމުގެ ވިނަނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                                    އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ އިމްތިހާން ކުރިއަށްގެންދިއުމަށް، މިކައުންސިލްގެ ފަރާތުން ބ.އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގ ޓްރެކް ބިމާއި، އެބިމާއި އިންވެގެންވާ މަގު ވިނަނޮޅާ، ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖޫން 2021 ވާ ބުދަ ދުވަހުގެ ކުރިންމިކަމާގުޅޭ މައުލޫމާތު ކަރުދާސް ނަންގަވާ އަދި ބައިވެރިވާ ފަރާތްތައް މިއިދާރާގައި ރެޖިސްޓަރ ވާންވާނެއެވެ.

                                    މިކަމާގުޅޭ މައުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7977087 އަށް ގުޅުއްވާ ނުވަތަ ލިޔުމަކުން އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖޫން 2021 ވާ އާދީއްތަ ދުވަހު 11:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 11:05 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

                                    އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                    06 ޛުލްޤައިދާ  1442

16 ޖޫން 2021
ހޯދާ