ކިނޮޅަހު ސްކޫލް/ރ.ކިނޮޅަސް
ދިވެހިރާއްޖެ
2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

އިޢުލާން

-2022 ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

 

    2021-2022  ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުުވާލެވިފައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

 

  1. އެލް.ކޭ.ޖީ އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރ 31 އަށް އަހަރު ފުރޭ ދަރިވަރުންނެވެ.
  2. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި ( 31 މާރިޗް 2022 އަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަަމަ އެދަރިވަރަކަށް އެލް.ކޭ.ޖީ އިން ފުރުޞަތު ދެވިދާނެއެވެ.
  3. މީގެ އިތުރުން ނާރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރެއް ކަމުގައިވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ ސްކޫލާއި މަޝްވަރާކުރުމަށްފަހު އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

 

     ވީމާ، އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 2021 ޖޫން  17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރުމަށްފަހު ސްކޫލު އޮފީހަށް ހުށައެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2021 ޖޫން 13 ވާ އާދިއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް ސުކޫލު އޮފީހުގައެވެ.

   

10 ޖޫން 2021
ހޯދާ