މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
2021-2022 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާބެހޭ

  2021-2022 ވަނަ އަހަރު މިސްކޫލުގެ LKG،UKG އަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާބެހޭ

 

2021-2022 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 ށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 10 ޖޫން 2021 ން ފެށިގެން 17 ޖޫން 2021 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ސްކޫލް އޮފީހުގައެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

 

 ގްރޭޑް 

2021 ވަނަ އަހަރު ދަރިވަރުން
ވައްދާ ޢުމުރު ފުރާ

އިސްތިސްނާ / އިތުރު ބަޔާން

އެލް.ކޭ.ޖީ

2021 ޑިސެންބަރު 31 އަށް
5 އަހަރު ފުރޭ ދަރިވަރުން

2021-2022 ވަނަ އަހަރު އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ. މީގެ އިތުރުން ނަރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޯގަސްޓް 2021 އަށް 4 އަހަރު ފުރޭނެ  ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ ސްކޫލާއި މަޝްވަރާކުރުމަށްފަހު އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

ޔޫ.ކޭ.ޖީ

2021 ޑިސެންބަރު 31 އަށް
6 އަހަރު ފުރޭ ދަރިވަރުން

2-       2021-2022 ވަނަ އަހަރު ޔޫ.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ޔޫ.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.

ގްރޭޑް 1

 2021 ޑިސެންބަރު 31 އަށް
7 އަހަރު ފުރޭ ދަރިވަރުން

3-      2021-2022  ވަނަ އަހަރު ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021  ޑިސެންބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް 1 އިން ފުރުޞަތު ދެވިދާނެއެވެ.

 

ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2021-2022 ވަނަ އަހަރު މިސްކޫލުގެ LKG  ، UKG އަދި ގްރޭޑް1  ށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 2021 ޖޫން 17 ވަނަ ދުވަހުގެ 13:00 ގެކުރިން ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.    

       

                          09 ޖޫން 2021

09 ޖޫން 2021
ހޯދާ