ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން މަސައްކަތް ކުރުން ހުއްޓާލުމާއި ގުޅޭ

ފުވައްމުލަކު ސިޓީގައި ހަލުވިކަމާއިއެކު ކޯވިޑް-19 މިހާރު ފެތުރެމުންދާތީ އާއި އަދި މި ސިޓީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ކޯވިޑް-19 އަށް ޕޮޒިޓީވް ވަމުންދާތީ، މިސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރ 2010/7(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 39 ވަނަ މާއްދާގެ (ޓ)(ޗ) އާއި، ޤާނޫނު ނަންބަރ 2012/7 (ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ)(ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ތިރީގައި މިދަންނަވާ ފިޔަވަޅުތައް އެޅުމަށް މިކައުންސިލުން ނިންމާފައިވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

-07 ޖޫން 2021 ވާ ހޯމަ ދުވަހުން ފެށިގެން 14 ޖޫން 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބިދޭސީން ލައްވާ އެންމެހާ މަސައްކަތް ކުރުވުން ހުއްޓާލުން (ކާބޯ ތަކެތި ޑެލިވަރީ ކުރުންފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ބިދޭސީން ލައްވާ މަސައްކަތް ކުރެއްވުމަށް އީއޯސީ އިން ހުއްދަ ހޯއްދަވައިގެން މަސައްކަތް ކުރިއަށް ގެންދެވިދާނެއެވެ)

މިއެންގުމާއި ޚިލާފްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.

07 ޖޫން 2021
ހޯދާ