މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ

                                   ނަންބަރ: 134HR/I/2021/39  

                      ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު    

 ސިވިލް އިންޖިނިއަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ، 1 އަހަރު ދުވަހުގު މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޓެެކްނިކަލް ސާރވިސެސް އެންޑް ޕްރޮޑަކްޝަން ޑިޕާޓްމަންޓް، މިފްކޯ ހެޑްއޮފީސް، މާލެ

އަސާސީ މުސާރަ:

8000.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ސެޓްފިކެޓް އެލަވަންސް: ޑިޕްލޮމާ- އަސާސީ މުސާރައިގެ %20،  ޑިގްރީ- އަސާސީ މުސާރައިގެ %40

ފްޑް އެލަވަންސް: ކޮންމެދުވަހަކަށް 60.00 ރުފިޔާ

ިއިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

 މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ބެޗްލާސް ޑިގްރީ ކޯހެއް ފުރިހަމަ ކުރުމާއިއެކު ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

-       ކުންފުނިން އަލަށް ފަށާ ޕްރެޖެކްޓް ތަކުގެ ފީސިބިލިޓީ ދިރާސާ ކުރުމާއި އަދި މިފަދަ ޕްރޮޖެކްޓް ތަކުގެ ޓެކްނިކަލް ކަންތައްތައް ދިރާސާކުރުމާއި މަސައްކަތު ސައިޓް އިންވެސްޓިގޭޓް ކުރުން.

-       ކުންފުނިން ޕްލޭންކުރާ ޕްރޮޖެކްޓް ތަކުގެ ޑިޒައިން ތައްޔާރުކުރުން.

-       ޕްރޮޖެކްޓްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ރިވިއުކުރުން.

-       ބިޑް ޑޮކިއުމެންޓްސް ތައްޔާރުކުރުމާއި ބިޑްކުރުމުގެ ޕްރޮސިޖަރ ސްޕަވައިޒް ކުރުން

-       ސެންޓަރުތަކަށް ދަތުރުކޮށް، ސެންޓަރުތަކުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ  ސިވިލް އިންޖިނިއަރިންގ  މަސައްކަތްތައް ސްޕަވައިޒްކުރުން.

-       ސެންޓަރުތަކުގެ ސިވިލް އިންޖިނިއަރިންގ މަސައްކަތްތަކާއި ބެހޭގޮތުން ސިވިލް ޑިޕާރޓްމެންޓްސްތަކާ އެކު މުޢާމަލާތްކުރުން.

-       ޕްރޮޖެކްޓަކަށް ބޭނުންވާ ސާމާނު ހޯދާ ސެންޓަރުތަކަށް ފޯރުކޮށްދިނުން.

-       ޕްރޮޖެކްޓް ތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއްކުރުން. މިގޮތުން ތަންތަނުން ނަގަންޖެހޭ ހުއްދަތަށް ނެގުމާއި، ސަލާމަތި ކަންކަން ގާއިމުކުރެވިފައި ހުރިތޯ ޔަގީންކުރުން.

-       ކުންފުނިން ހިންގޭ ޕްރޮޖެކްޓް ތައް ބަރާބަރަށް ، ރޭވިފައިވާ ގޮތަށް ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދޭތޯ ޔަގީންކުރުން.

-       ކުންފުނީގެ އިންފްރާސްޓްރަކްޗަރ ގަވާއިދުންޗެކްކޮށް، ބިލްޑިންގ ތަކުގެ ސަލާމަތި ކަންތައްތައް ހުރިނެތްގޮތްބަލާ، މަރާމާތުކުރަންޖެހޭ ތަންތަން ހުރިނަމަ ބަލައި އެކަން މެނޭޖްމަންޓްގެ މަޝްވަރާގެ މަތީން އިންފްރާސްޓްރަކްޗަރގެ ކަންތައްތައް ކުރިއަށް ގެންދިއުން.

-       ކުންފުންޏަށް ބޭނުންވާ ޕްރޮޖެކްޓްތަކުގެ ބަޖެޓް ތައްޔާރުކުރުން. އަދި އެކައުންޓިންގ އެންޑް ފައިނޭންސް ޕްރޮސިޖާރގެ ދަށުން ޕްރޮޖެކްޓް ފަންޑް ކަންތައްތައް ކުރިއަށް ގެންދިއުން.

-       ޕްރޮޖެކްޓްތަކުގައި ހިންގޭ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިއުންތައް ރައްކަތެރިކަމާއިއެކު ފައިލުުކުރެވިފައިވާކަން ޔަގީންކުރުން.

-       ޑިޕާޓްމަންޓްގެ ފަރާތުން ކަނޑުއޮތްގިރީގައި ހިންގާ މަސައްކަތްތައް މޮނިޓަރކޮށް ބަލަހައްޓާ ޑިޕާޓްމަންޓް ހެޑަށް ރިޕޯޓްކުރުން.

-       ކަނޑުއޮތްގިރިއާއި އެ ސެންޓަރުގެ ދަށުން ހިންގާ ތަންތަނަށް ހޯދުމަށް ރިކުއެސްޓްކުރާ ތަކެތީގެ ސްޓޭޓަސް ބަލާ ސައިޓަށް ސްޓޭޓަސް އަފްޑޭޓްކުރުން.

-       ކުންފުނިން ހިންގާ އައިސްޕްލާންޓްތަކުގެ ޑެއިލީ އަޕްޑޭޓްސްތައް ނަގާ ވީކްލީ އަދި މަންތްލީ ރިޕޯޓްތައް ހެދުން.

-       ޑިޕާޓްމަންޓްގެ އިދާރީކަންތައް ކުރުން.

-       ޑިޕާޓްމަންޓްގެ ލިޔެލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

-       ޑިޕާޓްމަންޓްގެ ބޭނުމަށް ނަގާ ޕެޓީކޭޝްގެ ހިސާބުތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

ރ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                           

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (އެޓެސްޓް ކުރެވިފައި)

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-       ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 6 ޖޫން 2021 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

-       މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ މިފްކޯ ހެޑްއޮފީސް، މާލޭގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

31 މޭ 2021
ހޯދާ