ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ގއ. ވިލިނގިލީ މޮނިޓަރިންގ ހާލަތުގައި އޮންނައިރު އަމަލުކުރަންވީގޮތުގެ އުޞޫލު

މިއީ ކޮވިޑް 19އާއި ގުޅިގެން ގއ. ވިލިނގިލީ މޮނިޓަރިންގ ހާލަތުގައި އޮންނައިރު އަމަލުކުރަންވީގޮތުގެ އުސޫލް. މިއުސޫލަށް އަމަލުކުރަންފަށާނީ 27 މޭ 2021 ވަނަ ދުވަހުން ފެށިގެންނެވެ.

 

ރަށުންބޭރަށް ދިއުމުގެ އުސޫލު

1-   ފަރުމަސްވެރިކަމަށް

-       މަހަށްފުރުމުގެ ކުރިން ކައުންސިލް އިދާރާއިން ހުއްދަ ލިޔުމުން ހޯދަން ވާނެއެވެ.

-       މަހަށްދެވޭނީ އެއް އުޅަދަކުން ގިނަވެގެން 03 މީހުންނަށެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން އެއްވެސްގޮތަކަށް ކަރަންޓީންކުރެވިފައިވާ ގެޔެއްގައި ދިރިއުޅޭ ފަރާތެއްނުގެންދިޔުން.

-       ކޮވިޑް 19 އަށް ފައްސިވެ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއްނުގެންދިއުން.

-       މަސްވެރިކަމަށް ދެވޭ ހުއްދައިގެ ދަށުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ނުފޭބުން.

-       މަހަށް ނުކުމެ އުޅޭއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ ވިލިނގިލީ ކައުންސިލްއިދާރާއަށް އެންގުން.

-       މަހަށް ފުރާދުވަހުގެ ކުރީދުވަހުގެ ރޭ 22:00 ގެ ކުރިން ހުއްދަ ނެގުން.

-       އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުން.

 

2-   ދޮށީގެމަސްވެރިކަން

-       ކޮވިޑް 19 އަށް ފައްސިވެ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް މަހަށް ނުގެންދިއުން.

-       މަހަށް ފުރުމުގެ ކުރިން ފަޅުވެރިންނަށް ގުޅައި އެއްވެސް ކަހަލަ އަލާމާތެއް ހުރިތޯ ބަލައި ކެޔޮޅު ޔަޤީންކުރުން.

-       ކޮވިޑް 19 އާއި ގުޅިގެން އެއްވެސްގޮތަކަށް ކަރަންޓީންކުރެވިފައިވާ ގެއެއްގައި ދިރިއުޅޭ ފަރާތެއްނަމަ ދޯނިން ނުފޭބުން. އަދި ދޯނިން ފޭބުމަށްފަހު ގެޔަށް ހިނގައްޖެނަމަ އަނބުރާ ދޯންޏަށް ނޭރުވުން.

-       ބިދޭސި އެއްވެސް މަސްވެރިޔަކު ދޯނިން ނުފޭބުން.

-       ޒަރޫރީ އެއްވެސް ބޭނުމެއް އޮތްނަމަ ކައުންސިލް އިދާރާއަށް ހުށަހެޅުން.

-       މިމުއްދަތުގައި އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެމީހަކު ސާމްޕަލް ނަގައި ޓެސްޓް ކުރުން އަދި ޓެސްޓުގެ ނަތީއްޖާ ލިބެންދެން ދޯންޏަށް ނޭރުވުން.

-       މަސްކިރުމާއި، އައިސްއެޅުމުގައި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލްކުރުން.

 

3-   ދޮންވެލި، އަކިރި

-       ދޮންވެލި، އަކިރި ނެގުމަށް ވަކި ހުއްދަ ނަގަންވާނެއެވެ.

-       ދޮންވެލި، އަކިރި ނެގުމަށް ދެވޭ ހުއްދައިގެ ދަށުން އެއްވެސް ރަށަކަށް ނުފޭބުން.

-       ދޮންވެލި، އަކިރި ހުއްދައިގެ ދަށުން ދެވޭނީ ގިނަވެގެން 03 މީހުންނަށް.

-       ކައުންސިލުން ނަގަންޖެހޭ ހުއްދަ ކުރީދުވަހުގެ ރޭ 22:00 ގެ ކުރިން ނެގުން.

-       ކޮވިޑް 19 އަށް ފައްސިވެ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތެއްކަމުގައި ނުވުން.

-       ކަރަންޓީންކުރެވިފައިވާ އެއްވެސް ގެއެއްގައި ދިރިއުޅެމުންގެންދާ މީހެއްކަމުގައި ނުވުން.

 

އެހެނިހެން މަސައްކަތްކުރުމުގެ އުސޫލު

-       ކަރަންޓީންކުރެވިފައިވާ އެއްވެސް ގެއަކުން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްނުކުރުން.

-       ކަރަންޓީންކުރެވިފައިވާ ގެއެއްގައި، އެގޭގައި ދިރިއުޅޭ ފަރާތްތަށް ފިޔަވައި ބޭރުންއަންނަ އެއްވެސް މީހަކަށް އެގޭގެ އެއްވެސް މަސައްކަތެއްނުކުރެވޭނެ.

-       ދަނޑުވެރިންނަށް ދަނޑުބިންތަކުގައި މަސައްކަތްކުރުމަށް ކޮންމެ ދުވަހަކު ހެނދުނާއި، ހަވީރު ދެވިދާނެ. ނަމަވެސް ކަރަންޓީންކުރެވިފައިވާ ގެއެއްގައި ދިރިއުޅޭ އެއްވެސް ފަރާތަކަށް ނުދެވޭނެ.

-       ދަނޑުބިންތަކަށް ދިއުމާއި، ދަނޑުބިންތަކުގައި މަސައްކަތްކުރާއިރު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމާއި، ގިނަމީހުންނާއިއެކު އެއްވެ ނޫޅުމާއި، ގައިދުރުކަން ބެހެއްޓުން.

 

ނޯޓް: މިއުސޫލާއި ޚިލާފްވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

 

27 މޭ 2021
ހޯދާ