ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލުގައި މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ.

ފުވައްމުލަކު ސިޓީ ކައުންސިލްގައި މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލަން ބޭނުންވެއްޖެއެވެ.

މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ފުވައްމުލަކު ސިޓީގައި ޤާއިމުކޮށް ވިޔަފާރިތަކުގެދައުރު ފުޅާކޮށް އެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލްކަން ލިބިފައިވާ ވިޔަފާރިތަކަކަށް ހެދުމަށް މަގުފަހިކުރުމެވެ. އަދި ކައުންސިލުން ކުރުވާ މަސައްކަތްތަކަކީ ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިދެވޭނެހެން، ދެފުށްފެންނަ ގޮތަކަށް ކުރެވޭ މަސައްކަތްތަކެއްކަމުގައި ހެދުމެވެ.

 ވީމާ، މި ދަފުތަރުގައި ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ކައުންސިލްގެ މެއިލް އެޑްރެހަށް (([email protected] އިޢުލާން ނަންބަރާއި އެކު 09 ޖޫން 2021 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

ބޭނުންވާ މައުލޫމާތު:

-          ކުންފުނީގެ ފުރިހަމަ ނަން

-          ވިޔަފާރި ރަޖިސްޓްރީ ކޮޕީ

-          އެސް.އެމް.އީ ރޖިސްޓްރީ ކޮޕީ

-          ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ

-          ގުނޭނެ ނަންބަރު

-          ކުންފުނީގެ މެއިލް އެޑްރެސް

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

 

15 ޝައްވާލް 1442

27 މޭ 2021
ހޯދާ