މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އަރި އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ "އިކޮލޮޖިކަލް ސާވޭ" ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮންސަލްޓެންސީ ހިދުމަތުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު: ދެވަނަ އިޢުލާން

މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)438-ENV/438/2021/47 ، 07 މާރިޗު 2021 އަދި އެ ޢިއުލާނުގެ އެއް ވަނަ އެޑެންޑަމް  (IUL)438-ENV/438/2021/68، 14 މާރިޗު 2021 އާއި ގުޅިގެން ލިބުނު ބީލަންތަކުގެ އަގު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވުމުން، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.

މި ޕްރޮޖެކްޓްއަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ޖަޒީރާ ދިރިއުޅުމުގެ ސެކްޓަރގައި ހިމެނޭ ވަޢުދު ތަކުގެ ތެރެއިން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ ސަރަހައްދާއި، %20 ކުޅިފާ ޗަސްބިން ހިމާޔަތްކުރުމާއި، އަދި ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ޤާނޫނު ނަންބަރު: 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނު)ގެ ދަށުން ހިމާޔަތްކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ (އެމް.އީ.ސީ.ސީ.ޓީ) ގެ ފަރާތުން އަރި އަތޮޅު އުތުރުބުރި އަދި އަރި އަތޮޅު ދެކުނުބުރީގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ "އިކޮލޮޖިކަލް ސާވޭ" ހެދުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމަށް، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމަށް ރާވާ ގޮތުގެ މެތޮޑޮލޮޖީ އަދި ވާކްޕްލޭން އަދި  ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރާއި، ތަޖުރިބާ އަދި  މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގުގެ ތަފްސީލް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތުގެ އިތުރު ތަފްސީލް ހިމެނޭ މަޢުލޫމާތު ޝީޓު މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ  [email protected] އަށެވެ. އަދި ހުރިހާ އީމެއިލް އެއް  [email protected] އަށް ކޮޕީ ކުރައްވަންވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ 02 ޖޫން 2021  ވާ ބުދަ ދުވަހު 11:00  ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ (އެމް.އީ.ސީ.ސީ.ޓީ) ގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 02 ޖޫން 2021  ވާ ބުދަ ދުވަހު 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫޢު ނަން: އަރި އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ " އިކޮލޮޖިކަލް ސާވޭ " ހެދުން

އިޢުލާނު ނަންބަރު: (IUL)438-ENV/438/2021/162

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ލިބިގެންވެއެވެ

24 މޭ 2021
ހޯދާ