އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންދޭ ޝެޑިއުލާއި އެއްގޮތަށް ފެރީ ހިދުމަތް 2 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުދޭ ޝެޑިއުލާއި އެއްގޮތަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް 2 އަހަރު މުއްދަތަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 މެއި 31 ވާ ހޯމަ ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރފޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2021 މެއި 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2021 މެއި 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2021 މެއި 30 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.

19 މޭ 2021
ހޯދާ